ބަލާބޮޑުކުރުމުގެ ބަދަލުގެ ގޮތުގައި މަންމަ އަށް 1 މިލިއަން ޑޮލަރު ދިނުމަށް ހުކުމް ކޮށްފި

ބަލާބޮޑުކުރުމުގެ ބަދަލުގެ ގޮތުގައި މަންމަ އަށް ގާތްގަނޑަކަށް މިލިއަނެއްހާ ޑޮލަރު ދެއްކުމަށް ފިރިހެން ދަރިއެއްގެ މައްޗަށް ދެކުނު ކޮރެއާގެ އެންމެ މަތީ ކޯޓުން ހުކުމް ކޮށްފިއެވެ.
ހުކުމް އިއްވި މީހާ އަކީ މި އަންހެން މީހާގެ ދެ ވަނަ ފިރިހެން ދަރިއެވެ.
އަންހެން މީހާ އޭނާގެ ދަރިފުޅު ގޮވައިގެން ކޯޓަށް ދިޔައީ 1997 ވަނަ އަހަރު އެ ދެމައިންގެ ދެމެދުގައި ހެދި އެއްބަސްވުމަކާ ދަރިފުޅު ޚިލާފު ވުމާ ގުޅިގެން ނެވެ.
ޗޫ ނަމަކަށް ކިޔާ އުމުރުން 20 އަހަރުގެ ފިރިހެން ދަރިފުޅާއި އޭނާގެ މަންމަ އާ ދެމީހުން ސޮއި ކުރި އެއްބަސްވުމުގައި ވަނީ ފިރިހެން ދަރިފުޅު ޑެންޓިސްޓްރީ ކޯހެއް ހެދުމަށް ހިނގާ ޚަރަދު މަންމަ ދައްކައިދީފި ނަމަ، ކޯސް ފުރިހަމަ ކުރުމަށްފަހު އޭނާ އަށް ލިބޭ މުސާރައިގެ 60 އިން ސައްތަ ކޮންމެ މަހަކު މަންމަ އަށް ދޭނެ ކަމަށެވެ.
"ތައިވާން ނިއުސް" އިން ހާމަ ކޮށްފައިވާ ގޮތުގައި، ކޯސް ފުރިހަމަ ކޮށް ނިމުމުން އެއްބަސް ވެފައިވާ ގޮތައް ދަރިފުޅު އަމަލު ކޮށްފައެއް ނުވެއެވެ. އަދި ފަހުން އޭނާ ބުނެފައިވަނީ މަޔަކު އޭނާގެ ދަރިފުޅު ބަލާބޮޑުކުރުމުގެ ގޮތުން ކުރާ ޚަރަދަކީ އޭގެ ބަދަލު ދޭން ޖެހޭނެ އެއްޗެއް ނޫން ކަމަށާއި އެހެން ކަމުން އެ އެއްބަސްވުމަކީ ބާތިލް އެއްޗެއް ކަމަށެވެ.
ޝަރީއަތުގައި ދެކޮޅުން ދެއްކި ވާހަކަތައް އަޑު އެހުމަށް ފަހު ތައިވާނުގެ ސްޕްރީމް ކޯޓުން ހުކުމް ކުރީ އެއްބަސްވުމަކީ ސައްހަ އެއްބަސް ވުމެއް ކަމަށާއި އަދި މަންމަ އަށް ބަދަލުގެ ގޮތުގައި މިލިއަނެއްހާ ޑޮލަރާއި، އިންޓަރެސްޓް ވެސް ދައްކަން ޖެހޭނެ ކަމަށެވެ.
ކޯޓުގައި ލުއޯ ކިޔާ މި އަންހެން މީހާ ބުނެފައިވަނީ އެކަނިވެރި މައެއްގެ ގޮތުގައި ދެ ދަރިން ބަލާބޮޑުކުރުމަށް ކުރި ޚަރަދުގެ ސަބަބުން  675،000 (ހަ ލައްކަ ހަތްދިހަ ފަސް ހާސް) ޑޮލަރުން އޭނާ ދަރަނިވެރިވެފައިވާ ކަމަށެވެ.
ކޯޓު އަޑު އެހުމުގައި މަންނަ ބުނެފައިވަނީ، ދަރިފުޅާ އެކު ހެދި އެއްބަސް ވުމުގައި، ދަރިފުޅު ބަލާބޮޑުކުރުމަށް ހިނގި ޚަރަދަށް ދަރިފުޅު ޖާމިނު ވާން ޖެހޭނެ ކަމަށް ލިޔެ ދެފަރާތުން ސޮއި ކުރި ކަމަށެވެ. ކޮންޓްރެކްޓެއް ހެދުމުގެ ބޭނުމަކަށް ވީ ދަރިފުޅުގެ ޒިންމާ އަދާ ކޮށްފާނެ ކަމާ މެދު އޭނާގެ ހިތުގައި ޝައްކު އުފެދިގެން ކަމަށްވެސް ކޯޓުގައި މަންމަ ބުނެފައި ވެއެވެ.
ކޯޓުން މައްސަލައިގެ ޝަރީއަތް ނިންމާ ހުކުމް ކުރީ އަންގާރަ ދުވަހުއެވެ.
އަންތަރީސް ވެއްޖެ
އުފާ ވެއްޖެ
ދެރަ ވެއްޖެ
ރުޅި ގަދަ ވެއްޖެ
މޮޔަވެއްޖެ
ދެން އަތްޖަހާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ