ކުއްލި ނުރައްލުގެ ގަރާރު ބަލައެއް ނުގަންނާންނަން - އިދިކޮޅު އިއްތިހާދު

ކުއްލި ނުރައްކަލުގެ ގަރާރު ބަލައެއް ނުގަންނާންނަނެ ކަމަށް އިދިކޮޅު އިތިހާދުން ބުނެފިއެވެ.
މިރޭ އިދިކޮޅު ފާޓީ ތަކުން ކުނޫޒުގައި ބޭއްވި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ރައްޔިތުންގެ މަޖިލީހުގެ ކިބިދޫ ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒް ވިދާޅުވީ ސްޓޭޓް އޮފް އެމެޖެންސީ (ކުއްލި ނުރައްކަލުގެ ހާލަތު) އިއުލާން ކުރަނީ ރައްޔިތުންނަށް ބޮޑު ގެއްލުމެއްވެ ނޫނީ ގުދުރަތީ ބޮޑު ކާރިސާއެއް ކުރިމަތިވުމުން ކަމަށެވެ.
"ސްޓޭޓް އޮފް އެމެޖެންސީ އިއުލާން ކުރަނީ ރައްޔިތުންނަށް ބޮޑު ގެއްލުމެއްވެ ނޫނީ ގުދުރަތީ ބޮޑު ކާރިސާއެއް އައީމަ އެކަމަކު ރައީސް ޔާމީން މިކަން މި ކުރެއްވީ އިދިކޮޅު ސިޔާސީ ފަރާތްތައް ހުއްޓުވަން. މިއީ މިކަން ކުރެވޭނެ ގޮތެއް ނޫން" ރިޔާޒު ވިދާޅުވިއެވެ.
ރިޔާޒު ވިދާޅުވީ ފުލުހުން ވެސް ޣައިރު ގާނޫނީ ކަންކަމަށް ތަބާނުވާން އެބަޖެހޭ ކަމަށެވެ.
"މިފަދަ ޣައިރު ގާނޫނީ އަމުރުތަކަށް ތަބާނުވެ ފުލުހުންވެސް ތިބެން އެބަ ޖެހޭ. ފުލުހުންނަކީ އެފަދަ އަމުރުތަކަށް ތަބާވާ ވަރަށް ވުރެ ޕްރޮފެޝަނަލް މުއައްސަސާއެއް" ރިޔާޒު ވިދާޅުވިއެވެ.
ކުނޫޒުގައި އިދިކޮޅު ޕީޖީ ގުރޫޕުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެމްޑީޕީގެ ޕީޖީ ލީޑަރު އިިބްރާހިމް މުހައްމަދު ސާލިހް (އިބޫ) ވިދާޅުވީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނު ކުރީ ގާނޫނީ ހަމަޔަކުން ނޫން ކަމަށެވެ. އަދި ކުއްލި ނުރައްކަލުގެ ހާލަތުގެ ސަބަބުން އިދިކޮޅު ޕާޓީ ތަކުން ކުރަމުންދާ މައްސަކަތް ހުއްޓާ ނުލާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ކުނޫޒުގައި އިދިކޮޅު މަޖިލިސް މެންބަރުން ނޫސްވެރިންގެ ބައްދަލުވުމެއް ކުރިއަށް ދިޔަ ވަގުތު ކުނޫޒު ދޮރުމަތީގައި އެސްއޯ ފުލުހުން ތިއްބެވެ. ނޫސްވެރިންގެ ބައްދަލުވުން ނިންމާލުމާއި ގިނަ އިރުތަކެއް ނުވެ ފުލުހުން ވަނީ އެސަރަހައްދު ދޫކޮށް ގޮސްފައެވެ. ނަމަވެސް އަދިވެސް ކުނޫޒް ހިމެނޭ ސަރަހައްދު އޮތީ ބަންދުކޮށްފައެވެ.
ރާއްޖޭގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކުރައްވާފައިވަނީ 15 ދުވަހުގެ މުއްދަތަކަށެވެ. މި ހާލަތު އިއުލާނުކޮށްފައި ވަނީ މާލެ އާއި، މިހާރު ދިމާވެގެން އުޅޭ މައްސަލައާ ގުޅިގެން ގާނޫނާއި ހިލާފު އަމަލު ހިންގައިގެން އުޅޭ ފަރާތެއް ނުވަތަ ފަރާތްތަކެއް ތިބި ތަންތަނުގައެވެ.
ކުއްލި ހާލަތުގައި އަމަލު ކުރުން ހުއްޓާލަން ނިންމި ގާނޫނުއަސާސީގެ މާއްދާތަކުގެ ތެރޭގައި 24، 29، 31، 32، 43، 44، 45، 46، 47، 49، 50، 58، 65، 99، 100، 101، 113، 145ގެ ނ، އަދި 228 ވަނަ މާއްދާ ހިމެނެއެވެ. މީގެ އިތުރުން ޖިނާއީ އިޖުރާއަތުގެ ގާނޫނާއި، ފަނޑިޔާރުންގެ ގާނޫނުގެ 12، 14. އަށް ވެސް އަމަލު ކުރަން ވަނީ ހުއްޓާލާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ