އެކަކު ނެތަސް އިސްލާހީ މަސައްކަތުގައި ދެމި ހުންނާނަން - މައުމޫން

އެކަކު ނެތަސް އިސްލާހީ މަސައްކަތުގައި ދެމިހުންނާނެ ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުކްގައްޔޫމް ވިދާޅުވެއްޖެއެވެ.
ރައީސް މައުމޫން މިހެން ވިދާޅުވީ އެމަނިކުފާނުގެ ގާނޫނީ ވަކީލު، މައުމޫން ހަމީދު މެދުވެރިކުރައްވައި މިއަދު ފޮނުއްވި މެސެޖެއްގައެވެ.
"އެހެން އެކަކު ނެތަސް އިސްލާހީ މަސައްކަތުގައި އަޅުގަނޑު ދެމިހުންނާނަން،" ރައީސް މައުމޫން ވިދާޅުވި ކަމަށް މައުމޫން ހަމީދު ޓްވިޓާގައި ލިޔުއްވާފައިވެއެވެ.
ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން ރައީސް މައުމޫން ޖަލަށް ލެވުނުތާ 50 ވަނަ ދުވަހަށްވާއިރު މައުމޫން ހަމީދު ރައީސް މައުމޫންގެ ހިތްވަރާއި އަޒުމަށް އެއްވެސް ބަދަލެއް ނާންނަ ކަމަށެވެ.
ޝަރީއަތް ނިމެންދެން ރައީސް މައުމޫން ބަންދުގައި ބެހެއްޓުމަށް ކްރިމިނަލް ކޯޓުން ދާދިފަހުން އަމުރުކޮށްފައިވާއިރު އެމަނިކުފާނުގެ މައްޗަށް ދައުލަތުން ވަނީ ދެ ދައުވާ ވަނީ އުފުލާފައެވެ. އެއީ ޓެރަރިޒަމްގެ އަމަލެއް ހިންގަން އުޅުމުގެ ދައުވާ އާއި އަދުލް އިންސާފު ގާއިމުކުރުމަށް ހުރަސް އެޅުމުގެ ދައުވާއެވެ.
ރައީސް މައުމޫންގެ އިތުރުން އެމަނިކުފާނުގެ ދަރިކަލުން ފާރިސް މައުމޫން އާއި ރައީސް މައުމޫންގެ ދަރިކަނބަލުން ޔުމްނާ މައުމޫންގެ ފިރިކަލުން ނަދީމް ވެސް މިވަގުތު ހުންނެވީ ޖަލުގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ