އިއްޒުދީން ސްކޫލް ހިންގާ އިމާރާތުގެ ބޭނުންކުރުން ހުއްޓުވުމުގެ ޢަމުރެއް ނުލިބުނު

އިއްޒުއްދީން ސްކޫލަށް އެތަން ބޭނުން ނުކުރެވޭ ގޮތަށް އަމުރެއް ނެރުމަށް މާލޭ ހައި ޕްރައިވެޓް ލިމިޑެޓުން އެދުނު ނަމަވެސް، އަމުރެއް ނެރެދެވެން ނެތް ކަމަށް ހައިކޯޓުން ނިންމައިފިއެވެ.
މާލޭ ހައި ޕްރައިވެޓް ލިމިޑެޓުން މި މައްސަލަ ފުރަތަމަ ހުށަހެޅި ސިވިލް ކޯޓަށެވެ.
ނަމަވެސް އޭރު ސިވިލް ކޯޓުންވެސް ނިންމީ އެފަދަ އަމުރެއް ނެރެދެވެން ނެތްކަމަށެވެ. ސިވިލް ކޯޓުން ނިމި ނިންމުގައި އެއްބަސްވުން ބާތިލުކޮށް މަންދު ކޮލެޖްގެ އަތުން އެމްއީއެސް ހިންގި އިމާރާތް އަތުލުމުން ލިބުނު ގެެއްލުމުގެ ބަދަލުގައި 15 މިލިޔަން ރުފިޔާ އެ ކޮލެޖު ހިންގާ މާލޭ ހައި ޕްރައިވެޓް ލިމިޓެޑަށް ދެއްކުމަށްވަނީ ހުކުމްކޮއްފައެވެ. މި ނިންމުމާ ހިންހަމަނުޖެހުމުން މާލޭ ހައި ޕްރައިވެޓް ލިމިޑެޓުން މި މައްސަލަ ހުށަހަޅަފައިވެއެވެ.
ހައި ކޯޓުން ނެރެދިނުމަށް އެދިފައިވާ ވަގުތީ އަމުރާ ގުޅިގެން ދައުލަތުން ބުނެފައިވަނީ، ހައި ކޯޓުން އިސްތިއުނާފުކޮށްފައިވާ ޤަޟިއްޔާގައި ހުށަހަޅާފައިވާ ދަޢުވާގައި ގެއްލުމުގެ ބަދަލު ހޯދުމުގެ އިތުރުން އަމުރަކަށް އެދި ހުށަހަޅާފައި ވާކަމަށެވެ.
އެމް.އީ.އެސް ކުރިން ހިންގި ޢިމާރާތަކީ މިހާރު ދައުލަތުން ޕަބްލިކް ސްކޫލެއް ކަމަށްވާ އިއްޒުދީން ސްކޫލް، ހިންގަމުންދާ ޢިމާރާތެކެވެ.
ދައުލަތުން ވަނީ މި ސްކޫލަށް އިތުރު ދަރިވަރުން އެންރޯލް ނުކުރުމަށާއި އެ ސްކޫލުގެ ޢިމާރާތަށް ބަދަލެއް އަންނަފަދަ ކަމެއް ނުކުރުމަށާއި މިފަދަ މޭރުމަކުން ނެރޭ ވަގުތީ އަމުރެއް ވެގެންދާނީ އެ ސްކޫލުގައި ކިޔަވަމުންދާ ދަރިވަރުންގެ މަޞްލަޙަތަށް ވަރަށް ބޮޑު އުނިކަމެއް ލިބިގެންދާނެ ކަމެއް ކަމަށް ބުނެފައެވެ.
އެހެންކަމުން މި މައްސަލައިގައި އެދިފައިވާ ވަގުތީ އަމުރަކީ ކޯޓުން ނެރެދޭންޖެހޭ އަމުރެއް ނޫން ކަމަށް ދައުލަތުން ދެކެއެވެ.
ހައި ކޯޓުން ބުނީ ނެރެދިނުމަށް އެދިފައިވާ ވަގުތީ އަމުރު ނެރެދިނުމުމުގެ ސަބަބުން އެ ކުންފުންޏަށް މާލީ ގޮތުން ބަދަލު ނުދެވޭނެ ފަދަ ގެއްލުމަކާ ކުރިމަތި ލާންޖެހިދާނެ ކަމަށް ނުދެކޭތީ މި މައްސަލަ ބެލި ހައި ކޯޓުގެ ފަނޑިޔާރުގެ އިއްތިފާގުން، މި މައްސަލައިގައި ނެރެދިނުމަށްް އެދިފައިވާ ވަގުތީ އަމުރު ނެރެދެވެން ނެތްކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ