ތުރުކީގެ އިސްތަންބޫލުގެ ގާޒީ ޕާކްގައި ކައިވެންޏެއް ކުރަން އުޅުމުން މަސްރަހު ހޫނުވެއްޖެއެވެ.
އިސްތަންބޫލުގެ ގާޒީ ޕާކް ތަރައްގީ ކުރަން ތުރުކީ ސަރުކާރުން އަލަށް އެކުލަވާލި ޕުލޭނާއި ދެކޮޅަށް މިދިޔަ މަހު ވަރުގަދަ މުޒާހަރާތަކެއް ކުރި ގާޒީ ޕާކްގައި ދެލޯބިވެރިން ކައިވެނިކުރަން ހަމަޖައްސާ އޮންލައިންކޮށް އެތައް ސަތޭކަ ބަޔަކަށް ދައުވަތު ދީފައި ވަނިކޮށް ޕާކް ހިމެނޭ ސަރަހައްދަށް މީހުން ވަނަ ނުދީ ފުލުހުން ޕާކް ހިމެނޭ ސަރަހައްދު ބަންދުކުރުމުން ހަމަނުޖެހުންތައް ހިނގައިފިއެވެ.
ހޮނިހިރު ދުވަހު ކައިވެނީގެ ހަފްލާއަށް ހާޒިރު ވާން ޕާކް ހިމެނޭ ސަރަހައްދަށް އެއްވި އެތައް ސަތޭކަ ބައެއްގެ ގަޔަށް ފުލުހުން ވަނީ ކަރުނަގޭހާއި ފެންޖަހާ މީހުންތައް ފައްސާލާފައެވެ.
މިދިޔަ މަހު ގާޒީ ޕާކްގެ އާޕްލޭނާއި ދެކޮޅަށް އެތައް ހާސްބަޔަކު ކުރި ވަރުގަދަ މުޒާހަރާތަކަށް ފަހު އަދި ވެސް ދޭތެރެދޭތެރެއިން ކުދި ކުދި މުޒާހަރާތައް ތުރުކީގައި ދަނީ ހިނގަމުންނެވެ.
މިދިއަ މަހު ގާޒީ ޕާކްގެ ތަރައްގީގެ އާޕްލޭނާއި ދެކޮޅަށް ފުރަތަމަ ފެށި މުޒާހަރާ ފަހުން ތުރުކީގެ ބޮޑު ވަޒީރު ޠައްޔިބް އެރޮދޮގާންގެ ސަރުކާރާއި ދެކޮޅަށް ކުރި ވަރުގަދަ މުޒާހަރާ ތަކަކަށް ބަދަލުވެގެން ދިޔަ އިރު އެމުޒާހަރާތަކުގައި ފަސް މީހުން މަރުވެ އެތައް ހާސްބަޔަކަށް އަނިޔާވެފައިވެއެވެ.
އަދި އެމުޒާހަރާ އަކީ އެރޮދޮގާންގެ ދިހަ އަހަރުވީ ވެރިކަމަށް މިހާތަނަށް ކުރިމަތިވި އެންމެ ބޮޑު ގޮންޖެހުމެވެ.
ގާޒީ ޕާކްގައި ކައިވެނި ކުރަން އުޅުމުން މަސްރަހު ހޫނުވެއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ