އަލީ އާޒިމްގެ ބަންދަށް 7 ދުވަސް ކޯޓުން ޖަހައިދީފި

އެމްޑީޕީން ރޭ ކުރިއަށް ގެންދިޔަ މުޒާހަރާގައި ހައްޔަރުކުރި މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމްގެ ބަންދަށް 7 ދުވަސް ކޯޓުން ޖަހައިދީފި އެވެ.
މުޒާހަރާގައި އަލީ އާޒިމް ހައްޔަރުކޮށްފައިވަނީ ފުލުހުންގެ ބެރިކޭޑުތައް ފަޅާލައި ފުލުހުންގެ ސަފުތަކުގެ ތެރެއަށް ވަދެގަތުމަށް އާޒިމް ގޮވާލުމާއި ގުޅިގެންނެވެ.
ރޭ ދަންވަރު 12 ޖަހާކަންހާއިރު އަޑުގަދަ ކުރުން ހުއްޓާލުމަށް ތަކުރާރުކޮށް ފުލުހުން އިންޒާރު ދިނުމަށްފަހު އާޒިމް ހައްޔަރުކުރީ މައިކުން ވާހަކަ ދައްކަވަން ޕިކަޕުގައި ހުންނަވަނިކޮށެވެ. 12 ގެ ފަހުން ޕިކަޕެއްގައި ހުރެ އަޑުގަދަކުރާ ބޭނުންކޮށްފައިވާތީ ފުލުހުންގެ ބެލުމުގެ ދަށަށް ޕިކަޕްވެސް ގެންގޮސްފައިވެ އެވެ.
ފުލުހުން އާޒިމްގެ މައްޗަށް ތުހުމަތުކޮށްފައި ވަނީ އަމަން ނަގާލުމާއި ޕޮލިސް ބެރިކޭޑް ފަހަނަޅައި ދިއުމަށް ހިތްވަރު ދިނުމާއި ފުލުހުންގެ އަމުރަށް ނުކިޔަމަންތެރި ވުމެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ