ތުޅާދޫ އިންޖީނުގެ ހިންގުމަށް ފެނަކައަށް ދީފައިވާ ބިމުން ކުލި ނަގަން ނިންމަައިފި

ފެނަކަ ކޯޕަރޭޝަން އިން ބ.ތުޅާދޫގައި އިންޖީނުގެ ހިންގަމުންދާ ބިމުން ކުލި ނެގުމަށް އެރަށު ކައުންސިލުން ނިންމައިފިއެވެ.
ތުޅާދޫ ކައުންސިލުން ބުނީ، ބިމު ކުލިނަގަން ނިންމީ، ކަރަންޓް ސަބްސިޑީ އަށް ފޯމު ނުލާ ފަރާތްތަކަށް ސަބްސިޑީ ނުލިބޭނެކަމަށް ބުނެފައި ވާތީކަމަށެވެ.
ކަރަންޓް ސަބްސިޑީއަށް ފޯމް ނުލައިފިނަމަ އެއްވެސް ރައްޔިތަކަށް ސަބްސިޑީ ނުލިބޭނެކަމަށް ފެނަކައިން ބުނެފައިވާއިރު، ފޯމް ނުލުމުގެ ސަބަބުން އެއްވެސް ރައްޔިތަކަށް ސަބްސިޑީ ނުލިބިއްޖެނަމަ، ކައުންސިލުން އެ މައްސަލަ ކޯޓަށް ހުށަހަޅާނެ ކަމަށްވެސް އެ ކައުންސިލުން ބުންޏެވެ.
"350 ގޭގެ ތެރެއިން މިއަދާ ހަމައަށް 90 ފޯމް އަދި ލާފައިވަނީ،" ކައުންސިލުން ބުންޏެވެ.
ތުޅާދޫއަކީ 2،800 މީހުންގެ އާބާދީއެއް އެކުލެވޭ ރަށެކެވެ.
ތުޅާދޫ ކައުންސިލުން މިގޮތަށް ނިންމާފައިވާއިރު، އައްޑޫ ސިޓީ ކައުންސިލުން ވެސް ވަނީ އިއްޔެ އެރަށު އިންޖީނުގެ ހިންގުމަށް ފެނަކައަށް ދީފައިވާ ބިމުން ކުލި ނަގަން ފެށުމަށް އިއްޔެ ނިންމާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ