ސީއެސްސީގެ މެންބަރު ކަމަށް ޝަހީދު އައްޔަން ކުރައްވައިފި

ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) ގެ މެންބަރު ކަމަށް ގއ.ވިލިނގިލި ވައިޖެހޭގެ ޝަހީދު މުހައްމަދު އައްޔަން ކުރައްވައިފިއެވެ.
ޝަހީދު މުޙައްމަދަށް ސިވިލް ސާވިސް ކޮމިޝަންގެ މެންބަރުކަމުގެ ލިޔުން ޙަވާލު ‏‏ކުރެއްވުމުގެ ރަސްމިއްޔާތު އޮތީ، މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ. ‏
ސިވިލް ސާވިސް ކޮމިޝަންގެ މެންބަރު ކަމަށް ޝަހީދު މުޙައްމަދު ޢައްޔަން ކުރެއްވި ކަމުގެ ލިޔުން ޙަވާލުކުރެއްވުމުގެ ކުރިން، ސިވިލް ސާވިސް ކޮމިޝަންގެ މެންބަރު ކަމުގެ ހުވާ، ރައީސުލްޖުމްހޫރިއްޔާގެ ކުރިފުޅުމަތީގައި ޝަހީދު މުޙަންމަދު ކުރެއްވިއެވެ. ހުވާލައިދެއްވީ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އޮނަރަބަލް އަލްއުސްތާޒް އަބްދުﷲ އަރީފެވެ.
ސީއެސްސީގެ މެންބަރު ކަމަށް ކުރިމަތިލުމަށް ކުރިމަތިލުމަށް ގާނޫނުގައި ވާގޮތުގެ މަތިން ރައްޔިތުންގެ މަޖިލީހުން އިއުލާން ކުރުމާ ގުޅިގެން އެމަގާމަށް ކުރިމަތިލާފައިވަނީ ވެސް ޝަހީދު އެކަންޏެވެ. ޝަހީދު އެމަގާމަށް އައްޔަން ކުރަން ފެންނަ ކަމަށް ރައްޔިތުންގެ މަޖިލީހުގެ 62 މެންބަރުން ވޯޓު ދެއްވިއެވެ.
ޝާހިދުއަށް ރުހުން ދިނުމަށް ފެންނަ ކަމަށް މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން ނިންމާފައިވަނީ ކޮމެޓީން މާކްސް ދިނުމުގައި ބަލާ މިންގަނޑުތަކުން ފާސްވުމާއި ގުޅިގެންނެވެ. އެކޮމެޓީން ފާސްވާކަމަށް ނިންމަނީ 75 ޕަސަންޓަށް ވުރެ މަތީ މާކްސް ލިބިގެންނެވެ.
އެނގިފައިވާ ގޮތުގައި ކޭޕަބިލިޓީ އާއި އެކްސްޕީރިއަންސާއި ލީޑާޝިޕް އެންޑް ވިޝަން އާއި އިންޓަގްރެޓީގެ އިތުރުން ހާސިލްކޮށްފައިވާ ތައުލީމާއި މަސައްކަތާ ހުރިގުޅުމުގެ ދާއިރާއިން ޝަހީދަށް ވަނީ 88 ޕަސަންޓު މާކްސް ލިބިފައެވެ.
 
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ