ޝަހީދު ހުސައިން އާދަމް ގެންގުޅުއްވި ބަޑި ދައްކާލައިފި

ނޮވެމްބަރު ތިނެއްގެ އުދުވާނީ ހަމަލާގައި ސިފައިންގެ މައި މަރުކަޒުގެ މައި ގޭޓުގައި ޓެރަރިސްޓުންނާ ކުރިމަތިލަމުން ދަނިކޮށް ޝަހީދުވި ހުސައިން އާދަމް ގެންގުޅުއްވި ބަޑި އާންމުކޮށް ދައްކާލައިފި އެވެ.
މިބަޑި ދައްކާލީ މިއަދު ފާހަަގަކުރާ ޝަހީދުންގެ ދުވަހުގެ މުނާސަބަތުގައި ޝަހީދުންގެ ބިނާގައި ދިދަ ނެގުމަށް މިއަދު ފަތިސް ނަމާދަށް ފަހު ބޭއްވުނު ރަސްމިއްޔާތުގަ އެވެ.
ނޮވެމްބަރު ތިނެއްގައި ހުސައިން އާދަމް ގެންގުޅުއްވީ "އޭކޭ 47" އެކެވެ. މީގެ ކުރިންވެސް ބައެއް ރަސްމިއްޔާތުތަކުގައި މިބަޑި ދައްކާލާފައިވާ ކަމަށް އެމްއެންޑީއެފް އިން ބުނެ އެވެ.
ނޮވެމްބަރު ތިނެއްގައި އެންމެ ބޮޑަށް ފާހަގަކޮށްލެވުނު އެއް ބޭފުޅަކީ ހދ. ކުޅުދުއްފުއްޓަށް ނިސްބަތްވާ ހުސައިން އާދަމް އެވެ.
ޓެރަރިސްޓުން މާލެ އަރާ ސިފައިންގެ މައި މަރުކަޒު ހިފުމަށް ބަޑިޖަހަން ފެށުމުން އެމީހުންނާ އެންމެ ފުރަތަމަ ކުރިމަތިލެެއްވި އެއް ބޭފުޅަކީ ހުސައިން އާދަމް އެވެ.
ޓެރަރިސްޓުންގެ ހަމަލާތަކުގެ ދިފާއުގައި ފަހުނޭވަޔާއި ހަމައަށް ހަމަލާދިނުމުގައި ހުސައިން މުހައްމަދު ސާބިތުވެ ހުންނެވި އެވެ. ހުސެއިން އާދަމް ޝަހީދުވީ ހަމަލާ ދެމުންދަނިކޮށް ވަޒަން ހުސްވެގެން ރައްދުގައި ހަމަލާ ދެވޭނެ އެއްވެސް ގޮތެއް ނެތިފައި ހުއްޓާ ޓަރަރިސްޓަކު ދިން ހަމަލާއެއްގަ އެވެ.
ސްރީލަންކާގެ ޕީޕަލް ލިބަރޭޝަން އޮފް ޓެމިލް އިލާމްގެ 80 ހަނގުރާމަވެރިން މީގެ 28 އަހަރު ކުރިން 3 ނޮވެމްބަރު 1988 ގައި ރާއްޖޭގެ ވެރިކަން ބަދަލުކޮށްލަން ދިން ޓެރަރިސްޓް ހަމަލާގައި އިސްކޮށް ހުރީ ހ. ހާޖަރާގެ، އަބްދުﷲ ލުތުފީ އެވެ.
މިހަމަލާގައި ކުށެއް ނެތް 19 ދިވެއްސަކު ޝަހީދު ކޮށްލާފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ