ދިވެހިރާއްޖެ އަބަދުުވެސް ކުރިޔަށްދާނީ ގައުމީ އަދި އިސްލާމީ ވިސްނުމުގައި: ރައީސް މައުމޫން

ދިވެހިރާއްޖެ އަބަދުުވެސް ކުރިޔަށްދާނީ ޤައުމީ އަދި އިސްލާމީ ވިސްނުމުގައިކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެއެވެ.
ރައީސް މައުމޫން ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ވޭތުވެދިޔަ ދިގު މުއްދަތުގައި ރާއްޖެ ކުރިއަށްދިޔައީ ޤައުމީ އަދި އިސްލާމީ ވިސްނުމުގައި ކަމަށެވެ.
އަދި މުސްތަޤްބަލުގައިވެސް ރާއްޖެ ކުރިއަށްދާނީ ހަމަ ޤައުމީ އަދި އިސްލާމީ ވިސްނުމުގައިކަމަށް ރައީސް މައުމޫން ވިދާޅުވެފައި ވެއެވެ.
ރައީސް މައުމޫން މިހެން ވިދާޅުވެފައިވީ ނަމަވެސް މިކަމާގުޅޭ އިތުރު ތަފްސީލެއް ނުދެއްވައެވެ. އަދި މިހެން ވިދާޅުވީ ކޮން ސަބަބަކާހެދި ކަމެއްވެސް ސާފެއް ނުވެއެވެ.
އެހެންނަމަވެސް އެންމެބޮޑު ސިޔާސީ ޕާޓީގެ ބައެއް އިސް ބޭފުޅުންނަކީ އަބަދުވެސް އިސްލާމްދީނާއި ދުރު، އެހެން ފިކުރުތައް ގެންގުޅޭ ބޭފުޅުންކަމަށް އިދިކޮޅުން އަބަދުވެސް ފާހަގަކުރެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ