ވިސްތާރާ އެއާލައިނުން ރާއްޖެ - މުމްބާއީ ދެމެދު ޝެޑިއުލް ދަތުރުތައް ފަށައިފި

އިންޑިއާގެ ވިސްތާރާ އެއާލައިނުން މުމްބައީއާއި ރާއްޖެއާ ދެމެދު ޝެޑިއުލް ދަތުރުކުރަން ފަށައިފި އެވެ. އެ ދަތުރުތަކުގެ ތެރެއިން ފުރަތަމަ ފްލައިޓް މިއަދު މެންދުރު 12:25 ހާއިރު 164 ފަސިންޖަރުންނާއެކު ރާއްޖެއަށް ވަނީ އައިސްފަ އެވެ. އެ ފްލައިޓް ވީއައިއޭގައި ޖެއްސުމާއެކު ވޯޓާ ސެލިއުޓަކުން ވަނީ މަރުހަބާ ކިޔާފަ އެވެ. ވިސްތާރާ އެއާލައިނަށް ވީއައިއޭގައި ވޯޓާ ސެލިއުޓަކުން މަރުހަބާ ކިޔުން-- ފޮޓޯ/ވީއައިއޭ ރާއްޖެ-އިންޑިއާ ދެމެދު ވެފައިވާ ޓްރާންސްޕޯޓް ބަބުލް އެގްރީމަންޓުގެ ދަށުން އަލަށް ފެށި އެ ދަތުރުތަކުގައި ވިސްތާރާއިން ހަފުތާއަކު ތިން ދުވަހު ރާއްޖެއަށް ދަތުރުކުރާނެ އެވެ. ވިސްތާރާ އެއާލައިންއަކީ ޓާޓާ ގްރޫޕާއި ސިންގަޕޯ އެއާލައިންސްގެ ޖޮއިންޓް ވެންޗާއެކެވެ. ޓްރިޕް އެޑްވައިސާއާއި ސްކައިޓްރެކްސް ފަދަ ރޭޓިން ސައިޓުތަކުގައި އިންޑިއާއަށް ނިސްބަތްވާ އެއާލައިންތަކުގެ ތެރެއިން އެންމެ މަތީ ދަރަޖައެއް ލިބިފައިވާ އެއާލައިންއަކީ ވިސްތާރާ އެއާލައިން އެވެ. ހަމައެއާއެކު މީގެ ކުރިން އެކި ފަހަރު މަތިން ބެސްޓް އެއާލައިން އެވޯޑުވެސް ވިސްތާރާއިން ވަނީ ކާމިޔާބުކޮށްފަ އެެވެ. ވިސްތާރާއަކީ ރާއްޖެއާއި އިންޑިއާއާ ދެމެދު މިހާރު ދަތުރުކުރަމުންދާ އެއާލައިންތަކުގެ ލިސްޓަށް އިތުރުވި ހަތަރުވަނަ އެއާލައިން އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ