އުމަރު ޒާހިރުގެ ޚިދުމަތުގެ އަގު ވަޒަންކޮށް ހަނދާނީ ފިލައެއް އަރުވައިފި

ހުޅުމާލެ ތަރައްޤީ ކުރުމަށް ކުރީގެ ހައުސިން މިނިސްޓަރު އުމަރު ޒާހިރު ކޮށްދެއްވި މަސައްކަތްތަކުގެ އަގު ވަޒަންކޮށް، ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އިން އެމަނިކުފާނަށް ހަނދާނީ ފިލައެއް އަރުވައިފިއެވެ.
ކުރީގެ ރައީސް މައުމޫން ޢަބްދުލްޤައްޔޫމުގެ ވެރިކަމުގައި އުމަރު ޒާހިރު ވަނީ، ހުޅުމާލެ އާބާދު ކުރުމަށް ކުރި މަސައްކަތުގައި މުހިންމު ދައުރެއް އަދާކުރައްވައިފައެވެ. އުމަރަކީ އޭރުގެ އެންމެން ހިންގުންތެރި އެއް ވަޒީރެެވެ.
އުމަރު ޒާހިރަކީ މާލޭގެ މަގުތަކުގައި ގާ އެޅުމާއި، ރަށްރަށުގެ ތޮށިލުން ފަދަ ބޮޑެތި މަޝްރޫޢުތަކެއް ރައީސް މައުމޫންގެ ސަރުކާރުން ހިންގި ދުވަސްވަރު އެކަމުގެ އެންމެ އިސް މޭސްތިރިއަކަށް ހުންނެވި ފަރާތެވެ.
އޭރުވެސް އުމަރު ޒާހިރު ފާހަގަ ކުރެވިގެން ދިޔައީ ސީދާ މަސައްކަތުގެ މައިދާނަށް ވަޑައިގެން މަސައްކަތް ހިނގާ، ނުހިނގާ ބައްލަވާ މިނިސްޓަރުގެ ގޮތުގައެވެ. ގިނައިން އޭރު ވަޑައިގަންނަވާނީވެސް ބައިސްކަލް ކޮޅުގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ