ނަސްރީނާގެ ހާލު ރަނގަޅު: ރައީސް މައުމޫނު

އަނބިކަނބަލުން ނަސްރީނާގެ ހާލު ރަނގަޅު ކަމަށް އެކަމަނާގެ ފިރިކަލުން އަދި ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެ އެވެ.
ރައީސް މައުމޫން މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، މާތް ﷲގެ ރަހުމަތްފުޅުން ނަސްރީނާގެ ހާލު ރަނގަޅު ކަމަށެވެ. އަދި އެންމެންގެ ހެޔޮ ދުއާއަށް ޝުކުރު ދަންނަވައި، ރައީސް މައުމޫނު ވަނީ ކޮވިޑު ބަލި ތަހައްމަލު ކުރަމުންދާ އެންމެނަށް އަވަސް ޝިފާއަކަށް އެދި ދުއާ ކުރައްވައިފަ އެވެ.
މެޑަމް ނަސްރީނާ ކޮވިޑް-19 އަށް ޕޮޒިޓިވްވެފައި ވަނީ މީގެ ތިން ދުވަސް ކުރިންނެވެ. ”ހަފްތާ“އަށް އެނގިފައިވާ ގޮތުގައި، އެ ކަމަނާ ކޮވިޑަށް ޓެސްޓު ކުރެއްވީ ރޯގާގެ އަލާމާތްތައް ހުރެގެންނެވެ. އަދި ރައީސް މައުމޫނުވެސް ކޮވިޑަށް ޓެސްޓު ކުރެއްވި ނަމަވެސް ޓެސްޓުގެ ނަތީޖާ ނެގެޓިވް ވަނީ ނެގެޓިވްވެފަ އެވެ.
މީގެ ކުރިން ރައީސް މައުމޫންވެސް ވަނީ ކޮވިޑަށް ޕޮޒިޓިވްވެފަ އެވެ. އެމަނިކުފާނު ކޮވިޑަށް ޕޮޒިޓިވްވީ މިދިޔަ އަހަރުގެ އޮގަސްޓު މަހުގެ ތެރޭގަ އެވެ. އެމަނިކުފާނު ހޮސްޕިޓަލުން ދޫކޮށްލީ ދަރުމަވަންތަ ހޮސްޕިޓަލުގައި އެޑްމިޓްކޮށް ފަރުވާ ފެށިތާ، 21 ދުވަސް ފަހުން މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ