ޕްރޮޖެކްޓުތައް ހިންގުމަށް މަދަނީ ޖަމިއްޔާތަކަށް ފައިސާ ދެނީ

އެކިއެކި ޕްރޮޖެކްޓުތައް ހިންގުމަށް މަދަނީ ޖަމިއްޔާތަކަށް ފައިސާ ދޫކުރަން މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަމެންޓުން ނިންމައިފިއެވެ.
އެންޖީއޯ ގްރާންޓް ޕްރްގްރާމްގެ ނަމުގައި ފަށާފައިވާ މި ޕްރޮގްރާމްގެ ދަށުން ފައިދާ ދޫކުރަނީ ދެ ކެޓެގަރީއަކަށެވެ. މިގޮތުން ޖެނެރަލް ގްރާންޓް ޕްރޮގްރާމްގެ ދަށުން 200،000 ރުފިޔާއާއި ހަމައަށް ފައިސާ ދޫކުރަން ހަމަޖެހިފައިވާއިރު ސްމޯލް ގްރާންޓް ޕްރޮގްރާމްގެ ދަށުން 50،000 ރުފިޔާއާއި ހަމައަށް ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ.
މި ޕްރޮގްރާމްގައި ބައިވެރިވާން ބޭނުންވާ މަދަނީ ޖަމިއްޔާތަކުން 28 ފެބްރުއަރީގެ 13:00 ގެ ކުރިން މިނިސްޓްރީއަށް ޕްރޮޕޯޒަލް ހުށަހަޅަން ޖެހެއެވެ.
މިކަމާއި ގުޅޭގޮތުން ކުރެއްވި ޓުވީޓެއްގައި ޔޫތު މިނިސްޓަރު މަހްލޫފް ވަނީ 28 ފެބްރުއަރީގެ ކުރިން ގިނަ ޖަމިއްޔާތަކުން ޕްރޮޕޯޒަލް ފޮނުވާނެ ކަމަށް އުންމީދު ކުރައްވާކަމަށް ވިދާޅުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ