ބަދަލުގެ ގޮތުގައި އެކި ފަރާތްތަކަށް މިދިޔަ އަހަރު ބިލިއަނަކަށްވުރެ ގިނަ ރުފިޔާ!

މިދިޔަ އަހަރު ދައުލަތުން ބަދަލުގެ ގޮތުގައި އެކި ފަރާތްތަކަށް ބިލިއަނަކަށްވުރެ ގިނަ ރުފިޔާ ދީފައިވާކަން ހާމަވެއްޖެއެވެ.މިގޮތުން ފިނޭންސް މިނިސްޓްރީއިން އާންމުކޮށްފައިވާ ހިސާބުތަކުން ދައްކާ ގޮތުން 1 ޖެނުއަރީ 2019 އިން 31 ޑިސެމްބަރުގެ ނިޔަލަށް އެކި ފަރާތްތަކަށް ބަދަލުގެ ގޮތުގައި 1 ބިލިއަން 48 މިލިއަން ރުފިޔާ ދީފައިވެއެވެ. މިދިޔަ އަހަރު ބަދަލުދީފައިވާ ކުންފުނި ތަކުގެ ތެރޭގައި ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމްގެ މަސްލަހަތު އޮންނާ ޑަބްލިއު އެލްޓީއަށް ދިން 130 މިލިއަން ރުފިޔާ އާއި، އިޤްތިސާދީ ވަޒީރު ފައްޔާޒް އިސްމާއިލްގެ ހިއްސާ އޮންނަ ބިގަށް ދިން 80 މިލިއަން ރުފިޔާ ހިމެނެއެވެ. މީގެ އިތުރުން ނޫމަޑިއަށް ބަދަލުގެ ގޮތުގައި 800 މިލިއަނަށްވުރެ ގިނަ ރުފިޔާ ވަނީ ދީފައެވެ. ބަދަލުގެ ގޮތުގައި މުޅިންވެސް ފައިސާ ދީފައި ހުރީ ސަރުކާރާއި އެކި ގޮތްގޮތަށް ގުޅުން އޮންނަ ފަރާތްތަކަށް ކަމަށް ފާހަގަކުރެވެއެވެ. 
މިލިޔުން ކިޔާލުމުން
50 %
އުފާވި
0 %
ދެރަވި
50 %
ރުޅިއައި
0 %
މައުލޫމާތު މުއްސަނދިވި
ކިޔުންތެރިންގެ ހިޔާލު
ފޮނުވާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ