އަންނަ ޖޫން މަހުުގެ ތިންވަނަ ދުވަހަށް މުއްދަތު ހަމަވާ ކައުންސެލަރުންގެ މުއްދަތު އިތުރުކުރުމަށް ދިމާވެފައިވާ މައްސަލަތަކަށް ސުޕްރީމް ކޯޓުން ވަގުތީ ހައްލެއް ހޯދިދާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
މަޖިލިސް ރައީސް މިހެން ވިދާޅުވީ، ކައުންސިލަރުންގެ ދައުރު އިތުރުކުރުމަށް، ގާނޫނުއަސާސީއަށް އިސްލާހު ގެންނަން ސަރުކާރުން ހުށަހަޅާފައިވާ ބިލުގެ ބަހުސް ކުރިއަށްދާއިރު، އެކަމުގައި ގާނޫނުއަސާސީއަށް އިސްލާހު ގެނައުމާމެދު އުފެދިފައިވާ ހިޔާލުތަފާތުވުންތަކާ ބެހޭގޮތުން ވާހަކަފުޅު ދައްކަަވަމުންނެވެ.
މި މައްސަލައިގެ ހައްލެއްް ހޯއްދަވަން ނުވަތަ ލަފަޔަކަށް އެދިވަޑައިގެން ސުޕްރީމް ކޯޓަށް ވަޑައިގެންފާނެ ކަމުގެ އިޝާރާތެއް މަޖިލިސް ރައީސް ވިދާޅުވި އިރު، މިހާރު އިންތިހާބު ކޮށްފައި ތިބި ކައުންސެލަރުންގެ ދައުރު ހަމަވާން އޮތީ އެންމެ ހަފުތާއެކެވެ.
އިތުރު ތަފްސީލް އަންނަނީ
ކައުންސިލަރުންގެ ދައުރު ހަމަވާން ހަފުތާއެއް، ފަހު ވަގުތު މަޖިލިސް ރައީސްގެ ވިސްނުން ސުޕްރީމް ކޯޓާ ދިމާއަށް؟
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ