ގްރެމީސް 2018: އެންމެ ގިނަ އެވޯޑް ބްރޫނޯ މާސް އަށް

ހޮލީވުޑްގެ ފަންނާނުންގެ ބޮޑެތި އުންމީދުތަކެއް ގުޅިފައިއޮތް "ގްރެމީސް 2018" ނިމިގެން ދިޔަ އިރު އެންމެ އުފަލުން ހުރީ އެމެރިކާގެ ލަވަކިއުންތެރިޔާ ބުރޫނޯ މާސް އެވެ.
ްގްރެމީ އެވޯޑްސް ގައި ހަ އެވޯޑު ހޯދި ބްރޫނޯ މާސް އަކީ މުޅި ހަފްލާގެ އެންމެ ޝަރަފުވެރި ފަރާތެވެ. އެންމެ މޮޅު އަލްބަމްގެ އެވޯޑާއި އެންމެ މޮޅު ލަވަ އަދި އަހަރުގެ ރިކޯޑް މުގުރާލި ލަވައަށް ދޭ އެވޯޑްވެސް ގެންދިޔައީ ބްރޫނޯ މާސް އެވެ.
އެވޯޑްތައް ލިބުމުން ހަފްލާއަށް އައިސްތިބި އެހެންފަންނާނުންނާއި މުހާތަބު ކުރަމުން ބްރޫނޯ މާސް ބުނީ އެހެން ފަންނާނުންނަށް އިހްތިރާމް އަދާ ކުރާ ކަމަށާއި، އޭނާއަށް މިދާއިރާގައި ދެމިހުރެވެނީ އެ އާޓިސްޓުންގެ ސަބަބުން ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ