ސިވިލް ކޯޓުން އޮންލައިންކޮށް ޝަރީއަތްތައް ފަށަނީ

އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތްތަކުގައި ސިވިލް ކޯޓުން ޝަރީއަތްތައް ކުރިއަށް ގެންދާނެ އުސޫލު އެކުލަވާލާ މިއަދުން ފެށިގެން އެ އުސޫލަށް އަމަލުކުރަން ފަށައިފިއެވެ.
“ސިވިލް ކޯޓުގައި މައްސަލަތައް ދުރުން ހިންގުމާއި ހިދުމަތްތައް ދިނުމުގައި އަމަލު ކުރާނެގޮތުގެ އުސޫލު”ގެ ނަމުގައި އެކުލަވާލާ އަމަލު ކުރަން ފެށި އުސޫލުގައިވާ ގޮތުގައި އޮންލައިންކޮށް ބާއްވާ ޝަރީއަތްތައް ކުރިޔަށް ގެންދާނީ ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށެވެ.
މައްސަލަތައް ސިވިލް ކޯޓަށް ހުށަހަޅާނީ އެ ކޯޓުގެ އޮންލައިން ޕޯޓަލް މެދުވެރިކޮށް މެދުވެރިކޮށެވެ. އޮންލައިން ޕޯޓަލް މެދުވެރިކޮށް މައްސަލަ ހުށަހެޅެން ނެތް ކަމުގައިވާ ނަމަ މައްސަލައާ ގުޅޭ އެންމެހާ ލިޔެކިއުމެއް އީމެއިލްގެ ޒަރިއްޔާ އިން އެކޯޓަށް ހުށަހެޅިދާނެއެވެ.
ސިވިލް ކޯޓަށް މައްސަލައެއް ހުށަހެޅި އެ މައްސަލަ އެންމެ ފުރަތަމަ ގެންދާ ޑިސްޕިއުޓު ރިޒޮލިއުޝަން މަރުހަލާވެސް ކުރިޔަށް ގެންދާނީ އޮންލައިންކޮށް ކަމަށް ސިވިލް ކޯޓުގެ އޮންލައިންކޮށް ޝަރީއަތްތައް ކުރިޔަށް ގެންދިއުމާއި ބެހޭ އުސޫލުގައި ބުނެފައިވެއެވެ. ޝަރީއަތަށް މީހުން ހާޒިރުވުމަށް އަންގާފައިވާ ވަގުތަށް ހާޒިރުވި ކަމަށް ބަލަނީ ކޯޓު އަމުރުގައިވާ ގަޑިއަށް އޮންލައިން ޕްލެޓް ފޯމަށް ލޮގިންވުމުންނެވެ.
އޮންލައިންކޮށް ޝަރީއަތް ކުރިއަށް ދާއިރު، މީޑިއާތަކަށް ޝަރީއަތުގައި ބައިވެރިިވުމުގެ ފުރުސަތު ލިބިގެންދެއެވެ. ނަމަވެސް އެއީ އާއްމުކޮށް ހުޅުވާލައިގެން ބާއްވާ އަޑުއެހުމެއްގައެވެ. އެފަދަ އަޑުއެހުމަކަށް މީޑިއާއަކަށް ފުރުސަތު ދިން ނަމަވެސް އެ އަޑުއެހުމެއް ރިކޯޑު ކުރުމާއި ބްރޯޑްކާސްޓު ކުރެވޭނީ ހުއްދަ ލިބިގެންނެވެ.
އޮންލައިންކޮށް ޝަރީއަތްތައް ކުރިޔަށް ގެންދަން ނިންމި ނަމަވެސް މައްސަލައިގެ ހަސްމުންނަށް ލިބެންހުރި ވަސީލަތްތަކުގެ މައްޗަށް ރިއާޔަތްކޮށް އޮންލައިންކޮށް މައްސަލަ ކުރިޔަށް ގެންދެވެން ނެތް ކަމަށްވާ ނަމަ މައްސަލައިގެ ހަސްމުން ކޯޓަން ހާޒިރު ކުރުމުގެ ހުއްދަ އެ އުސޫލުގެ ދަށުން ވަނީ ލިބިދީފައެވެ.
ސިވިލް ކޯޓުގެ އިތުރުން ސުޕްރީމް ކޯޓުން ވެސް މިހާރު މައްސަލަތައް ކުރިޔަށް ގެންދަނީ އޮންލައިންކޮށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ