މޮނިޓަރިންގެ ހާލަތުން ދޫކޮށްލާތާ 14 ދުވަސް ނުވާ ރަށްތަކުގައި ނަމާދު ނުކުރެވޭނެ ކަމަށް މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން ބުނެފިއެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ، މޮނިޓަރިންގެ ހާލަތުގައި އޮތް ރަށެއް، މޮނިޓަރިންގެ ހާލަތުން ދޫކޮށްލާތާ 14 ދުވަސް ނުވާނަމަ އެ ރަށެއްގެ މިސްކިތްތަކުގައި ޖަމާއަތް ނުހެދުމަށް އެޗްޕީއޭގެ ލަފާގެ މަތިން ނިންމާފައިވާ ކަމަށެވެ. އަދި މިފަދަ އެއްވެސް ރަށެއްގައި ޖަމާއަތް ހަދާނަމަ އެކަން ހުއްޓުވާނެ ކަމަށް އެ މިނިސްޓްރީން ބުނެއެވެ
މިވަގުތު ރާއްޖޭގައި ފުރަބަންދުގެ ހާލަތުގައި ހުރި ރަށްތަކާއި މޮނިޓަރިންގެ ހާލަތުގައި ހުރި ރަށްތަކުގައި އެ ރަށެއްގައި މީހަކު ކަރަންޓީނު ކޮށްފައިވާ ރަށްތަށް ފިޔަވައި އެހެން ރަށްރަށުގައި ޖަމާއަތުގައި ނަމާދުކުރުމުގެ ހުއްދަ އެ މިނިސްޓްރީން ވަނީ ދީފައެވެ. 
އިސްލާމިކް މިނިސްޓްރީން ބުނީ، ނަމާދު ކުރުމުގެ ހުއްދަ ދީފައި ނުވާ ރަށްތަކާއި ރިސޯޓްތަކުގައި ބަންގި ގޮވަންވާނީ މޮނިޓަރުންގެ ހާލަތުގައި އޮތް އިރު ބަންގި ގޮވި ފަދައިން ކަމަށެވެ. 
ކޮވިޑް-19ގެ ސަބަބުން މިސްކިތުގެ ޖަމާއަތް މެދުކަނޑާލީ ޑޮކްޓަރުންގެ އިރުޝާދުގެ ދަށުން ކަަމަށާއި ކޮވިޑްގެ ބަލިމަޑުކަމުން ރައްކާތެރިވުމަށް ކޮންމެހެން އަޅަންޖެހޭ ފިޔަވަޅެއް ކަމަށް ޑޮކްޓަރުން ލަފާ ދެއްވުމުން އެ ފިޔަވަޅު އެޅުމުގެ ކުރިން ރާއްޖޭގައި ތިއްބެވި ދީނީ އިލްމުވެރިންނާވެސް މަޝްވަރާ ކުރައްވާފައިއެވެ.
އިސްލާމިކް މިނސިްޓްރީން ކުރިން ބުނެފައި އޮތީ މޮނިޓަރިންގެ ނެތިއްޔާ ނަމާދު ކުރެވޭނެ ކަމަށެވެ. ނަމަވެސް އޭރު އެޗްޕީއޭގެ އިރުޝާދަކީ މޮނިޓަރިންނުން ނަގާތާ 28 ދުވަހެވެ.
    
    މޮނިޓަރިންގެ ހާލަތުން ދޫކޮށްލާތާ 14 ދުވަސް ނުވާ ރަށްތަކުގައި ނަމާދު ނުކުރެވޭނެ
                
            އަރުޝީފަށް ނެގީ
            
        
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ
 
                 
             
             
                     
             
             
             
             
            