ޖާބިރު، ކާށިދޫ ދާއިރާގެ ހުރިހާ ގެއަކަށް 3 ވައްތަރު ކާޑަށްވާ ފައިސާ ދެއްވައިފި

ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު، އޭނާ ތަމްސީލު ކުރައްވާ ކާށިދޫ ދާއިރާގެ ހުރިހާ ގެއަކަށް ތިން ބާވަތުގެ ކާޑަށްވާ ފައިސާގެ ދީލަތި އެހީ ވެދެއްވައިފިއެވެ.
ޖާބިރު ވަނީ ކާށިދޫ އާއި ގާފަރުގެ ކޮންމެ ގެއަކަށް ވެސް ފުށާއި، ހަނޑޫ އަދި ހަކުރު ހިމެނޭހެން ވައްތަރަކުން ބަސްތާ އަކަށްވާ ފައިސާ ދެއްވާފައެވެ.
މިކަން ހާމަކުރައްވަމުން "ވަގުތަށް" ނޫހަށް ދެއްވި އިންޓަވިއުއެއްގައި ޖާބިރު ވިދާޅުވީ އެ ފައިސާ ދެއްވީ ކޮވިޑް-19އާ ގުޅިގެން ރާއްޖެއަށް ދިމާވެފައިވާ ހާލަތުގައި ރައްޔިތުންނަށް ކާބޯތަކެތީގެ ދަތިކަމެއް ދިމާވެދާނެތީ އެކަމަށް ހައްލެއް ހޯއްދަވައި ދެއްވުމުގެ ގޮތުން ކަމަށެވެ.
އޭނާ ވިދާޅުވީ އެ ދާއިރާގެ ކަންކަން ވަރަށް ގާތުން ބައްލަވަމުންދާ ކަމަށާއި ކޮވިޑުން އަރައިގަތުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރައްވާނެ ކަމަށެވެ.
އެގޮތުން މަހަށް ގޮސް ކުރެވެން އޮތް ކޮންމެ މަސައްކަތްތެއް ވެސް ކުރުމަށް ޖާބިރު ވަނީ އިލްތިމާސް ކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ