އިނގުރައިދޫ ސްކޫލް މުވައްޒަފުން އެރަށު ރައްޔިތުންނަށް 1100 ފޮތިމާސްކް ހަދިޔާކޮށްފި

ރ. އިނގުރައިދޫ ސްކޫލް މުވައްޒަފުންގެ ފަރާތުން އެރަށުގެ ރައްޔިތުންނަށް ބެހުމަށް 1100 ފޮތި މާސްކް ތައްޔާރުކޮށް އެރަށު ޓާސްކްފޯސްއާއި ޙަވާލު ކޮށްފިއެވެ.މިއީ، މިދުވަސްވަރު އަތޮޅު ތެރޭގެ ރަށްރަށުގައިވެސް މާސްކް އަޅައިގެން ބޭރުގައި އުޅުމަށް ކަމާއިބެހޭ ފަރާތްތަކުން ބާރު އަޅާފައިވާތީ އެކަމަށް ހިތްވަރު ދިނުމުގެ ގޮތުން ކުރެވުނު މަސައްކަތެއްކަމަށް މިކަމުގައި އިސްކޮށްއުޅުނު ފަރާތްތަކުން ބުނެއެވެ. އިނގުރައިދޫ ރައްޔިތުންނަށް ބެހުމަށް އެރަށު ސްކޫލްގެ މުވައްޒަފުން ތައްޔާރުކުރި މާސްކްތައް ޓާސްކްފޯސްއާއި ހަވާލު ކޮށްދިނީ އެރަށު ސްކޫލްގެ ޕްރިންސިޕަލް ސައީދު އިބްރާހީމްއެވެ. އަދި ޓާސްކްފޯސްގެ ފަރާތުން މާސްކްތަކާއި ޙަވާލުވީ އިނގުރައިދޫ ކައުންސިލްގެ ނާއިބުރައީސް ޢަބްދުﷲ ޙަސަންއެވެ. މި މާސްކްތަކަކީ އިނގުރައިދޫ ސްކޫލްގެ މުވައްޒަފުން ތައްޔާރުކޮށްފައިވާ މާސްކް ތަކެކެވެ. މީގެ އިތުރުން، އެރަށު ޓާސްކްފޯސްގެ ފަރާތުންވެސް 1500 މާސްކް ފެހުމުގެ މަސައްކަތް މިހާރު ކުރިޔަށް ދާކަމަށްވެސް ވަނީ މަޢުލޫމާތު ލިބިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ