ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ އެޑްވައިޒަރު އަދި މަޝްހޫރު ވިޔަފާރިވެރިޔާ އަބްދުﷲ ޖާބިރުގެ އިކޮނޮމިކް މިނިސްޓަރުކަމުގެ ދަށުން ޖަޒީރާ ރާއްޖޭގެ ރައްޔިތުން ރަނުން ޖަރީކޮށްލަދޭނެ ކަމަށް އޭނާ ވިދާޅުވެއްޖެއެވެ.
ޖާބިރު ކުރެއްވި ޓުވީޓަކުން އޭނާ އެހެން ވިދާޅުވި ނަމަވެސް، އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ)ގެ ކެބިނެޓް އަދި އިއުލާންކޮށްފައެއް ނުވެއެވެ.
ޖާބިރު ކުރެއްވި ޓުވީޓުގައި ވިދާޅުވީ އޭނާގެ އިކޮނޮމިކް މިނިސްޓަރުކަމުގައި ޑޮލަރުގެ އަގު ދަށްކޮށް ރާއްޖޭގެ ރައްޔިތުން ޑޮލަރަށް ސަލާން ޖަހަން ނުޖެހޭ އުފާވެރި ދުވަސްތަކެއް އަންނާނެ ކަމަށާއި ރާއްޖޭގެ ރައްޔިތުން އުޅޭނީ ފަސް ތަރީގެ ފެންވަރުގައި ކަމަށެވެ.
ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ ކުރީގެ މެމްބަރު އަދި ޔޮޓް ޓުއާޒްގެ ޗެއާމަން ޖާބިރު ރާއްޖެއިން ބޭރުގައި ދިރިއުޅުއްވުމަށް ފަހު ރާއްޖެ ވަޑައިގެންނެވީ މިމަހުގެ ހަ ވަނަ ދުވަހުއެވެ.
އަޅުގަނޑުގެ އިކޮނޮމިކް މިނިސްޓަރުކަމުގެ ދަށުން ރާއްޖޭގެ ރައްޔިތުން ރަނުން ޖަރީކޮށްލަދޭނަން: ޖާބިރު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ