މޫސުން ރަނގަޅުވެ ރ އަތޮޅު ފެރީ ދަތުރުތައް މިއަދު ފަށައިފި

މޫސުން ގޯސްވުމުގެ ސަބަބުން ހުއްޓިފައިވާ ރ އަތޮޅު އަތޮޅުފެރީގެ ދަތުރުތައް މިއަދު ފަށައިފިއެވެ. ފެރީ ދަތުރުތައް މިއަދު މިފެށީ ފާއިތުވި 4 ދުވަހު ފެރީ ދަތުރުތައް ހުއްޓާލާފައި އޮތުމަށްފަހު ކަމަށް މައުލޫމާތު ލިބެއެވެ. ފެރީ އެންމެ ފަހުން ދަތުރު ކޮށްފައިވަނި މިދިޔަ ހަފްތާގެ ބުދަ ދުވަހުއެވެ.
މައުލޫމާތު ލިބިފައިވާގޮތުން އުތުރުފެރީ މިއަދު ހެނދުނު 6:10 ގައި އަލިފުށިން ވަނީ ފުރާފައެވެ. އަދި ދެކުނުފެރީ 6:00 ގައި މަޑުއްވަރީން ވަނީ ފުރާފައެވެ. މިދެފެރީވެސް އުނގޫފާރުން ފުރާނީ މެންދުރުފަހު 14:30 ގައެވެ.
00 ޓެގްއަތޮޅު ފެރީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ