ކުރީގެ ރައީސް މައުމޫނު އަބްދުލްޤައްޔޫމްގެ މައްޗަށް އުފުލާފައިވާ ޓެރަރިޒަމްގެ ދައުވާ އަނބުރާ ގެންދިޔައިރު، އެކަން ކުރި ބަޔަކަށް ފިޔަވަޅު އަޅަން ޖެހޭ ކަމަށް އެމަނިކުފާން ވިދާޅުވެއްޖެ އެވެ.
ރައީސް މައުމޫން އެހެން ވިދާޅުވީ، އެމަނިކުފާނާއި ދަރިކަލުން ފާރިސް މައުމޫން އަދި ދަނބިދަރިކަލުން މުހައްމަދު ނަދީމުގެ މައްޗަށް އުފުލި ދައުވާތައް އަނބުރާ ގެނައުމުން ކުރީގެ ފޮރިން މިނިސްޓަރު ޑރ. އަހުމަދު ޝަހީދު ކުރެއްވި ޓްވީޓެއް ރީޓްވީޓް ކުރައްވަމުންނެވެ.
އެގޮތުން ދައުވާތައް އަނބުރާ ގެނައުމަށް ނިންމުން ރަނގަޅު ކަމަށާއި، ނަމަވެސް ހަގީގަތާ ހިލާފު ކަންތައްތަކެއްގެ މައްޗަށް ދައުވާ ކުރަން ނިންމައި އެކަން ކުރި މީހަކަށް ފިޔަވަޅު އަޅަން ޖެހޭނެ ކަމަށް ޑރ. ޝަހީދު ވިދާޅުވުމުން ރައީސް މައުމޫނު ވަނީ އެކަމާ ފުރިހަމަ އަށް އެއްބަސްވާ ކަމަށް ވިދާޅުވެފަ އެވެ.
"[ޑރ. ޝަހީދުގެ ވާހަކަ އަށް] ފުރިހަމަ އަށް އެއްބަސް. އެއްމެންނަށް ވެސް އެނގޭ [އެކަން ކުރީ] އެއީ ކާކު ކަން،" ރައީސް މައުމޫން ޓްވިޓާގައި ވިދާޅުވި އެވެ.
ރައީސް މައުމޫނުގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ އުފުލާފައިވަނީ މިދިޔަ އަހަރުގެ ފެބްރުއަރީ އެއް ވަނަ ދުވަހު ސްޕްރީމް ކޯޓުން ނެރުނު އަމުރާއި ގުޅިގެން ހިނގާދިޔަ ކަންތައްތަކުގެ ތެރެއިންނެވެ. އަދި އެމަނިކުފާނު ހައްޔަރު ކުރީ އެ މަހުގެ ފަސް ވަނަ ދުވަހެވެ. Entirely agree. Everybody knows who it is. https://t.co/G2LmoY8a1M— Maumoon Abdul Gayoom (@maumoonagayoom) January 27, 2019ރައީސް މައުމޫނުގެ އިތުރުން ދަރިކަލުން ފާރިސް މައުމޫނާއި ދަނބިދަރިކަލުން މުހައްމަދު ނަދީމްގެ މައްޗަށް ވެސް ޓެރަރިޒަމްގެ ދައުވާ އުފުލައި، ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ވެރިކަމުގައި އެ ތިން ބޭފުޅުން ވެސް ގިނަ ދުވަސްތަކެއް ވަންދެން ޖަލުގައި ބޭތިއްބި އެވެ.
ދައުވާ އަނބުރާ ގެންދިޔައިރު، އެކަން ކުރި މީހުންނަށް ފިޔަވަޅު އަޅަން ޖެހޭ: ރައީސް މައުމޫން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ