ރައްޔިތުން ރައީސުލްޖުމްހޫރިއްޔާ އަކު ހޮވާފައި ހުންނަނީ ގައުމު ތަރައްގީކޮށް ހެޔޮ ވެރިކަމެއް ކޮށްދޭން ކަމަށާއި އެއީ ވެރިޔަކަށް ހުންނަ މީހަކު ހެޔޮފުޅުކަމުން ކޮށްދޭން ޖެހޭ ކަންކަން ނޫން ކަމަށް ގާސިމް އިބްރާހީމް ވިދާޅުވެއްްޖެ އެވެ.
ގާސިމް އިބްރާހީމް މިހެން ވިދާޅުވީ އެމަނިކުފާނު މިއަދު ރާއްޖެ ވަޑައިގެން ޖުމުހޫރީ ޕާޓީގެ މައި ޖަގަހަ މާފަންނު ކުނޫޒުގައި މިއަދު މެންދުރުފަހު ދެއްވި ނޫސް ކޮންފަރެންސުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ގާސިމް ވިދާޅުވީ ރައްޔިތުންނަށް ހެޔިކަންތައްތައް ކޮށްދިނުމަކީ ވެރިޔަކަށް ހުންނަ މީހާ ކުރަން ޖެހޭ ކަމެއް ކަމަށެވެ. އެހެން ނަމަވެސް މަޝްރޫއުތައް ވެސް ހިންގާފައި ހުރީ އެތައް ގުނައެއް ބޮޑުކޮށް ކަމަށާއި އެހުރިހާ ފައިސާ އަކީ ރައްޔިތުންގެ ބޮލުގައި އެޅޭ ދަރަނި ކަމަށެވެ.
"ރައްޔިތުންނަށް ލޯބިން އިޚުލާސްތެރިކަމާ އެކު ކަންކުރީމާ ރައްޔިތުން ދޫކޮށެއް ނުލާނެ. އެކަމަކު އަނިޔާވެރިކަމާ ކޮރަޕްޝަނާ ނާއިންސާފު ދިވެހިރައްޔިތުން ގަބޫލެއް ނުކުރާނެ." ގާސިމް ވިދާޅުވި އެވެ.
ގާސިމް އިތުރަށް ވިދާޅުވީ ހަމަނުޖެހުން ހިންގުވަން އުޅޭނެ ކަމަށާއި އެފަދަ ފުރުސަތެއް ދީގެން ނުވާނެ ކަމަށެވެ.
ތަރައްގީއަކީ ވެރިމީހާ ކޮށްދޭންޖެހޭ ކަމެއް، ހޮވާފަ ހުންނަނީ އެކަން ކުރަން: ގާސިމް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ