އެމެރިކާގެ އެސިސްޓެންޓް ސެކްރެޓަރީ އޮފް ޑިފެންސް ފޯ އޭޝިއަން އެންޑް ޕެސިފިކް ސެކިއުރިޓީ އެފެއާޒް ރަންޑަލް ޝްރައިވަރ ރަސްމިީ ދަތުރުފުޅެއްގައި ރާއްޖެ ވަޑައިގަންނަވައިފި އެވެ.
ރަންޑަލް މިއަދު ރާއްޖެ ވަޑައިގަތުމުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން އޭނާ މަރުހަބާ ދެންނެވީ ޗީފް އޮފް ޑިފެންސް ފޯސް މޭޖަ ޖެނެރަލް އަބްދުﷲ ޝަމާލް އާއި އެމްއެންޑީއެފްގެ އިސް އޮފިސަރުންނެވެ.
ރަންޑަލް ރާއްޖެއަށް ކުރައްވާ މިދަތުރުފުޅުގައި ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދީ އާއި ޗީފް އޮފް ޑިފެންސް ފޯސް މޭޖަ ޖެނެރަލް އަބްދުﷲ ޝަމާލްއާ އެކު ރަސްމީ ބައްދަލުވުންތަކެއް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖައްސާފަ އެވެ.
އެމެރިކާގެ އެސިސްޓެންޓް ސެކްރެޓަރީ އޮފް ޑިފެންސް ފޯ އޭޝިއަން އެންޑް ޕެސިފިކް ސެކިއުރިޓީ އެފެއާޒްގެ މަގާމަށް ރަންޑަލް ހަމަޖައްސަވާފައިވަނީ މިދިޔަ އަަހަރުގެ ޖެނުއަރީ މަހުގެ ތެރޭގަ އެވެ.
ރަންޑަލް މި މަގާމަށް އައްޔަންކުރެއްވުމުގެ ކުރިން އޭނާ ހުންނެވީ ޑެޕިއުުޓީ އެސިސްޓެންޓް ސެކްރެޓަރީ އޮފް ސްޓޭޓް ފޯ އީސްޓް އޭޝިއަން އެންޑް ޕެސިފިކް އެފެއާޒްގެ މަގާމުގަ އެވެ.
މިއީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ވެރިކަމާ ހަވާލުވެވަޑައިގެން ފަހުން އެމެރިކާގެ ދިފާއީ ދާއިރާ އިސް ބޭފުޅަކު ރާއްޖެ ވަޑައިގެންނެވި ފުރަތަމަ ފަހަރެވެ.
އެމެރިކާގެ ދިފާއީ ދާއިރާގެ އިސް ބޭފުޅަކު ރާއްޖެ ވަޑައިގެންފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ