ޕީޕީއެމް އާއި ކޯލިޝަން ހެދުމާއި ގުޅޭގޮތުން ރައީސް ޑރ. މުހައްމަދު ވަހީދާއި ޖުމްހޫރީ ގުޅުމުގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހިމް މަޝްވަރާކުރައްވައިފި އެވެ.
ހިލާލީގޭގައި ބޭއްވި މަޝްވަރާ ބައްދަލުކުރެއްވުން މީގެ ކުޑައިރުކޮޅެއް ކުރިން ވަނީ ނިމިފައެވެ. ނަމަވެސް ބައްދަލުވުމުން ދެބޭފުޅުން ނިންމިގޮތެއް އަދި އެނގިފައެއްނުވެ އެވެ.
މައުލޫމާތު ލިބިފައިވާ ގޮތުން ރައީސް ވަހީދު ވަނީ މިދަނޑިވަޅުގައި ޕީޕީއެމް އާއި ކޯލިޝަން ހެދުމުގެ މުހިއްމު ކަމުގެ ވާހަކަ ގާސިމާއި ހިއްސާކުރައްވާފަ އެވެ.
އެމްވީޔޫތަށް މައުލޫމާތު ލިބިފައިވާ ގޮތުން މިރޭ ބާއްވާ ޖޭޕީގެ ކައުންސިލުން ޕީޕީއެމް އާއި ކޯލިޝަން ހެދުމާއިގުޅޭގޮތުން ވަކިގޮތެއް ނިންމާނެ އެވެ.
ޕީޕީއެމްއިން މިއަދު ހަވީރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓު އަބްދުﷲ ޔާމީން ވިދާޅުވީ ޕީޕީއެމް އާއި ކޯލިޝަން ހަދާނެ ކަމުގެ ޔަގީންކަން ރައީސް ވަހީދާއި ގާސިމް އިބްރާހިމް ވެސް ދީފައިވާ ކަމަށެވެ.
ނަމަވެސް އެޕާޓީތަކުގެ ކައުންސިލުން އެކަން ނިންމަން ޖެހޭތީ ކައުންސިލުން ނިންމާ ގޮތެއްގެ މަތިން ރައީސް ވަހީދާއި ގާސިމް ވެސް އެގޮތަށް އަމަލު ކުރައްވާނެ ކަމަށް ޔާމީން ވިދާޅުވި އެވެ.
މީގެއިތުރުން ޔާމީން ވިދާޅުވީ އަދާލަތު ޕާޓީ އާއި ވެސް ވާހަކަދައްކަމުންދާ ކަމަށެވެ. އަދި ހުރިހާ ޕާޓީތަކާއި ކޯލިޝަން ހެދޭނެ ކަމުގެ ވަރަށް ބޮޑު އުންމީދެއް އެބައޮތް ކަމަށް ވެސް ޔާމީން މިއަދު ވިދާޅުވި އެވެ.
ޕީޕީއެމް އާއި ކޯލިޝަން ހެދުމާއި ގުޅޭގޮތުން ރައީސް ވަހީދާއި ގާސިމް މަޝްވަރާކުރައްވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ