މައުމޫން ދެގައުމެއްގެ ސަފީރުންނާއި ބައްދަލުކުރައްވައިފި

ރާއްޖެއިން ބޭރުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ދެސަފީރަކު ކުރީގެ ރައީސްއަދި ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފި އެވެ.
މައުމޫން އަރިހަށް ޒިޔާރަތް ކުރެއްވީ ނޯވޭގެ ސަފީރު ހާ އެކްސަލަންސީ މިސް ގްރެޓޭ ލޯކެން އާއި ނައިޖީރިއާގެ ސަފީރު ހިޒް އެކްސަލަންސީ މރ. ދާއުދާ ދަންލާދީ އެވެ.
މިބައްދަލުކުރެއްވުންތައް އޮތީ ރައީސް މައުމޫންގެ އޮފީހުގަ އެވެ.
ވަކިވަކިން އޮތް މި ބައްދަލުކުރެއްވުންތަކުގައި ދެޤައުމުގެ ސަފީރުން ވެސް ރާއްޖެއާ އެޤައުމުތަކުގެ ގުޅުން އިތުރަށް ބަދަހިކުރުމާބެހޭގޮތުން ވާހަކަފުޅު ދެއްކެވިއެވެ. އަދި ރާއްޖޭގެމިހާރުގެ ސިޔާސީ މަސްރަޙާ ގުޅޭގޮތުން ވެސް ޚިޔާލު ބަދަލުކުރެއްވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ