މާދަމާ ހަވީރު އެމްޑީޕީގެ ޚާއްޞަ އެއްވުމެއް
އެމްޑީޕީގެ މުޒާހަރާއެއްގެ ތެރެއިން. ދިއިސްލާމް ފޯޓޯ: އަޝްވާގުއިދިކޮޅު ސިޔާސީ ފަރާތްތަކުން ސަރުކާރާއި އެމްޑީޕީއާމެދު ކުރަމުންދާ ލާދީނީ ތުހުމަތުތަކަށް ރައްދު ދިނުމަށްކަމަށްބުނެ އެމްޑީޕީން ކުރިއަށް ގެންދާ “ތިޔަހެނެއް ނުކިޔޭނެ” ސިލްސިލާގެ ޚާއްޞަ ޖަލްސާއެއް މާދަމާ ހަވީރު 4 ޖަހާއިރު ސުނާމީ ބިނާކައިރީ ބާއްވާނޭކަމަށް އެޕާޓީން ހާމަކޮށްފިއެވެ.އެމްޑީޕީން މިމަހުގެ 11 ވަނަ ދުވަހުން ފެށިގެން ބާއްވަމުން އަންނަ މި ސިލްސިލާގެ ޖަލްސާތައް މިހާތަނަށް ބާއްވަމުން ގެންދިޔައީ އެޕާޓީގެ ހަރުގޭގައެވެ. މި ސިލްސިލާގެ 8 ވަނަ ޖަލްސާ މިރޭވެސް އެޕާޓީގެ ހަރުގޭގައި އޮންނާނޭކަމަށް އެޕާޓީން ހާމަކޮށްފައިވެއެވެ. އަދި މިޖަލްސާގައި ދައުލަތުގެ ވަޒީރުންނާއި ރައްޔިތުންގެ މަޖްލީހުގެ މެންބަރުން ވާހަކަފުޅުދައްކަވާނޭކަމަށްވެސް އެޕާޓީން ހާމަކޮށްފައިވެއެވެ.މިސިލްސިލާގެ ފުރަތަމަ ޖަލްސާގައި ރައްޔިތުންގެ މަޖްލީހުގެ ހުޅުހެންވޭރު ދާއިރާގެ މެންބަރު ރީކޯ މޫސާ މަނިކުވަނީ ޑރ. މުޙައްމަދު ޖަމީލް އަޙްމަދާއި، ސަންދާނު އަހައްމައިދީ އަދި ކުރީގެ ރައީސް މައުމޫން ހައްޔަރުކުރުމަށް ގޮވާލާފައެވެ. ރައީސް އޮފީހުގެ ސިޓީއަކާއި ގުޅިގެން މީގެ ތެރެއިން ޑރ. ޖަމީލާއި ސަންދާނު އަހައްމައިދީވަނީ ތަފާތު އެތައް ފަހަރެއްގެ މަތީން ފުލުހަށް ޙާޟިރުކޮށް ހައްޔަރުކޮށްފައެވެ.އަދި މިސިލްސިލާގެ އެހެން ޖަލްސާއެއްގައި ރައްޔިތުންނަށް ބޯހިޔާވަހިކަން ހޯދައިދިނުމަށް މިހާރު ޢިމާރާތްކުރަމުންދާ ފްލެޓްތަކުން ފުރަތަމަ ފްލެޓް ލިބެން ބޭނުންވަނީ އެމްޑީޕީ މެންބަރުންނަށްކަމަށާއި، އެމްޑީޕީ ނޫން މީހުންނަށް ފްލެޓް ލިބެން ބޭނުންވަނީ އެޕާޓީގެ މީހުނަށް ލިބުމަށްފަހުކަމަށް ބާރަށު ދާއިރާގެ މެންބަރު މުޙައްމަދު ޝިފާޒު ވިދާޅުވެފައިވެއެވެ.އެމްޑީޕީން “ތިހެނެއް ނުކިޔޭނެ” ސިލްސިލާގެ ޚާއްޞަ ޖަލްސާއެއް މާދަމާ ހަވީރު ބާއްވާއިރު، ކްރިމިނަލް ކޯޓުގެ އިސްޤާޟީ ޢަބްދުﷲ މުޙައްމަދު ދައުލަތުގެ ދިފާޢީ ބާރުން ހައްޔަރުކުރި މައްސަލައާއި، ޑރ. ޖަމީލް ފުލުހަށް ޙާޟިރުކުރަމުންދާ މައްސަލާގައި އިދިކޮޅު ފަރާތްތަކުންދަނީ ކޮންމެ ރެއަކުހެން މާލޭގެ އެކި ސަރަޙައްދުތަކުގައި މުޒާހަރާ ބާއްވަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ