ޖުވެނައިލް ކޯޓަށް ހާޒިރުވާން އެންގި މައްސަލަ އެޗްއާރުސީއެމުން ސުޕްރީމް ކޯޓަށް ހުށަހަޅައިފި

ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދި މޯލްޑިވްސް (އެޗްއާރްސީއެމް)ގެ މެމްބަރުން ޖުވެނައިލް ކޯޓަށް ހާޒިރުވުމަށް އަމުރުކޮށްފައިވަނީ ގާނޫނީ އިޖުރާތްތަކާ ހިލާފަށް ކަމަށް ބުނެ، އެ މައްސަލަ ބަލައިދިނުމަށް ސުޕްރީމް ކޯޓަށް ހުށަހަޅައިފި އެވެ. އެޗްއާރުސީއެމްގެ މެމްބަރުން ޖުވެނައިލް ކޯޓަށް މިއަދު މެންދުރު 1:00 އަށް ހާޒިރުވުމަށް އަމުރު ނެރުނީ ށ.
ފޭދޫގައި 15 އަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާ ލިބުނު މައްސަލައާ ގުޅިގެން
އެ ކޮމިޝަނުން އެކުލަވާލާފައިވާ ރިޕޯޓުގައި، އެ މައްސަލާގައި ކޯޓުން އަމަލުކުރި ގޮތާ ހިލާފް ވާހަކަތަކެއް އެ ރިޕޯޓުގައި ހުރި ކަމަށް ބުނެ އެވެ. ނަމަވެސް ކޮމިޝަންގެ މެމްބަރުން މިއަދު ކޯޓަށް ހާޒިރުވެވަޑައިނުގަތުމުން މާދަމާ 10:00 އަށް ހާޒިރުވުމަށް ވަނީ އަމުރުކޮށްފަ އެވެ. މިކަމާ ގުޅޭ ގޮތުން އެޗްއާރުސީއެމުން މިރޭ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ޖުވެނައިލް ކޯޓަށް ހާޒިރުވުމަށް އެ ކޮމިޝަންގެ މެމްބަރުނަށް އަމުރުކޮށަފައިވަނީ "ކޯޓުތަކުގެ ހުރުމަތް ރައްކާތެރިކުރުމާ ގުޅޭ ގޮތުން އަމަލުކުރެވޭ ގާނޫނީ އުސޫލުތަކާއި އިޖުރާއަތްތަކާ ހިލާފަށް" ކަމަށެވެ. އެ ބަޔާނުގައި ބުނެފައިވާ ގޮތުން ޝަރީއަތުން ބޭރުގައި ހިންގޭ ކޯޓުގެ ހުރުމަތް ކެނޑުމުގެ މައްސަލައަކީ ދައުލަތުގެ ފަރާތުން ދައުވާ ކުރުމުން ބެލެވޭނެ މައްސަލައެއްކަން ޖުވެނައިލް ކޯޓުގެ ގަވާއިދުގެ 80 ވަނަ މާއްދާއިން އެނގޭ ކަމަށެވެ. އެހެން ނަމަވެސް ދައުލަތުގެ ފަރާތުން އެޗްއާރުސީއެމްގެ މައްޗަށް ޕޮރިސިކިއުޓަ ޖެނެރަލް (ޕީޖީ) އެއްވެސް ދައުވާއެއް އުފުލާފައި ނުވާ ކަން އެނގިފައިވާ ކަމަށް ބަޔާނުގައިވެ އެވެ.  ކޯޓުގެ ހުރުމަތް ރައްކާތެރިކުރުމާ ގުޅޭ ގޮތުން އަމަލުކުރެވޭ ގާނޫނީ އުސޫލުތަކާއި ހަމަތަކަށް ބަލާއިރު، ދައުލަތުން ހުށަހަލާފައިވާ ދަައުވާއެއް ނެތި ކޯޓުގެ އަމިއްލަ އިސް ނެގުމަކަށް އެއްވެސް ފަރާތެއްގެ މައްޗަށް މައްސަލައެއް ހިންގޭނީ ހަމައެކަނި ސުޕްރީމް ކޯޓަށް ކަމަށް ވެސް އެޗްއާރުސީއެމްގެ އެ ބަޔާނުގައިވެ އެވެ. ށ.
ފޭދޫގައި 15 އަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާ ލިބުނު މައްސަލައާ ގުޅިގެން
އެ ކޮމިޝަނުން އެކުލަވާލާފައިވާ ރިޕޯޓުގައި، އެ މައްސަލާގައި ކޯޓުން
އަމަލުކުރި ގޮތާ ހިލާފް ވާހަކަތަކެއް އެ ރިޕޯޓުގައި ހުރި ކަމަށް ބުނެ ކޮމިޝަންގެ މެމްބަރުން ހާޒިރުކުރަން އަމުރު ނެރެފައިވާއިރު،  އެޗްއާރުސީއެމް ބަޔާނުގައި ބުނެފައި ވަނީ ފޭދޫ ކުއްޖާގެ ރިޕޯޓްގައި ޖުވެނައިލް ކޯޓުގެ ހުރުމަތް ކެނޑޭފަދަ ހަގީގަތާ ހިލާފު އެއްވެސް ވާހަކައެއް ހިމަނާފައި ނޯންނާނެ ކަމަށެވެ. އަދި ގާނޫނީ ހަމަތަކާއި އުސޫލުތަކާ އެއްގޮތަށް ކޮމިޝަން ޖަވާބުދާރީކުރުމަށް ކަމާބެހޭ ފަރާތްތަކުން އަޅާ ފިޔަވަޅުތަކަށް ފުރިހަމަ އެއްބާރުލުން ދޭނެ ކަމަށް ވެސް ކޮމިޝަންގެ ބަޔާނުގައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ