ޓޫރިޒަމް ދާއިރާގެ ޓެކްސް އޮންލައިންކޮށް ބަލައިގަތުން މި މަހު 19 ގައި ފެށޭނެ: މީރާ

ޓެކްސް ބަޔާނާއި ފައިސާ އޮންލައިންކޮށް ދެއްކުމަށް ތައާރަފުކުރާ "މީރާ ކަނެކްޓް"ގެ ޚިދުމަތް މި މަހު 19 ގައި ފަށާނެ ކަމަށް މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން މިއަދު ބުނެފި އެވެ.މީރާ އިން ބުނީ ޓެކްސް ދެއްކުމުގައި ލުއިފަސޭހަ ގޮތްތައް
ހޯދައިދިނުމަށް ކުރާ މަސައްކަތްތަކުގެ ދަށުން އިންޓަނެޓް މެދުވެރިކޮށް ޓެކްސް ބަޔާނާއި ފައިސާ ދެއްކުމުގެ ހިދުމަތް ފުރަތަމަ ދޭނީ ޓޫރިޒަމް ދާއިރާގެ މުދަލާއި ޚިދުމަތް ފޯރުވައިދޭ ފަރާތްތަކުގެ ތެރެއިން
މިކަމަށް އެދި ރަޖިސްޓްރީކުރާ ފަރާތްތަކަށް އެކަނި ކަމަށް ކަމަށެވެ. މި ހިދުމަތް ފުރަތަމަ ފިޔަވަހީގައި ދެނީ ޓޫރިޒަމް ދާއިރާ އަށް ނަމަވެސް އެހެން ފަރާތްތަކަށް ވެސް ވަރަށް އަވަހަށް މި ހިދުމަތް އާންމުކޮށް ހުޅުވާލާނެ ކަމަށް މީރާ އިން ބުންޏެވެ.ދައުލަތުގެ އާމްދަނީ އަށް ލިބެންޖެހޭ ފައިސާ ޖަމާކުރާ އިދާރާ އިން ބުނީ "މީރާ ކަނެކްޓް" ބޭނުންކުރާނެގޮތުގެ ޓްރޭނިން ދިނުމުގެ މަސައްކަތް މިހާރުވެސް ކުރަމުން އަންނަ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ