ރައްޔިތުން ނުރުހި ވޯޓު ނުދިނުމުން ރައްޔިތުންނަށް ދޭންޖެހޭ އާސަންދަ ޚިދުމަތް ކަނޑާލަން ނުޖެހޭކަމަށް ވިދާޅުވެ، ޖުމުހޫރީޕާޓީގެ ނައިބު ލީޑަރ އަމީން އިބްރާހިމް ސަރުކާރަށް ވިދާޅުވެއްޖެ އެވެ.
އަމީން އިބްރާހިމް މިހެން ވިދާޅުވީ، ސިއްހީ ހިދުމަތްދޭ އަމިއްލަ ތަންތަނުން އާސަންދައިގެ ހިދުމަތް މިއަދުން ފެށިގެން ކަނޑާލަން އާސަންދަ ކުންފުނިން ނިންމުމާއި ގުޅިގެން ނެވެ.މިގޮތަށް ނިންމިކަން އެކުންފުނިން ހާމަކޮށްފައިވަނީ ރޭގެ ވަގުތެއްގައި އާއްމުކުރި ބަޔާނެއްގައި އެވެ.
މިކަމާއިގުޅިގެން އަމީން އިބްރާހިމް ވިދާޅުވީ، ރައްޔިތުން ނުރުހި ވޯޓު ނުދިނުމުން ރައްޔިތުންނަށް ދޭންޖެހޭ އާސަންދަ ޚިދުމަތް ކަނޑާލަން ނުޖެހޭކަމަށެވެ. އަދި އިރާދަކުރެއްވިއްޔާ ރައްޔިތުން ނިކުމެ ވަރަށް އަވަހަށް ރައީސް ޔާމީންވެސް ކަނޑާލާނެ ކަމަށް އަމީން ވަނީ ވިދާޅުވެފައި އެވެ.
ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު ނިމި ނަތީޖާ ލިބެމުންދަނިކޮށް، ސިއްހީ ހިދުމަތްދޭ އަމިއްލަ ތަންތަނުން އާސަންދައިގެ ހިދުމަތް ކަނޑާލަން ނިންމީ އިންތިޚާބުގައި ބަލިވުމުންކަމަށް އިދިކޮޅު ފަރާތްތަކުން ބައެއް ސިޔާސީ ބޭފުޅުން ގެންދަވަނީ ވިދާޅުވަމުންނެވެ. އެގޮތުން މި މައްސަލައިގައި މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތު ވިދާޅުވީ، ޕްރައިވެޓް ހޮސްޕިޓަލުތަކާއި ކްލިނިކްތަކުން އާސަންދައިގެ ހިދްމަތް ކަނޑާލައި، ރޭގަނޑު ދަންވަރު ސަރުކާރުން ކުއްލިއަކަށް ގެނައި މިބަދަލާއި ގުޅިގެން ރައްޔިތުންނަށް އުފުލަންޖެހޭ ވަރަށް ބޮޑު ތަކުލީފެއް އުފުލަންޖެހޭނެ ކަމަށެވެ.
ސަރުކާރުގެ ހޮސްޕިޓަލްތައް ނޫން ސިއްހީ ހިދުމަތް ދޭ އަމިއްލަ ތަންތަނުން އާސަންދަ ކަނޑާލުމަށް ނިންމައި އެކުންފުނިން ރޭ ވަނީ ސާކިއުލާއަކުން އެކަން އަންގާފައި އެވެ. އެ ސާކިއުލާގައި ބުނެފައި ވަނީ ސަރުކާރުގެ ހޮސްޕިޓަލްތައް ފިޔަވައި ސިއްހީ ހިދުމަތްދޭ އެހެން ތަންތަނުން އާސަންދަ ކަނޑާލުމަށް ނިންމީ އިޖުތިމާއީ ސިއްހީ އިންޝުއަރެންސްގެ ގައުމީ ނިޒާމު ހިންގާ ބޯޑުން "އާސަންދަ ސްކީމް" ހިންގުމުގެ އުސޫލު މުރާޖައާ ކުރަމުންދާތީ ކަމަށެވެ.
ރައްޔިތުން ވޯޓު ނުދިނުމުން އާސަންދަ ކަނޑާލާކަށް ނުޖެހޭ: އަމީން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ