ގޫގަލްއިން ‘އިސްލާމް’ ސާޗް ނުކުރެވުނު މައްސަލަ

ގޫގަލް ސާޗް ގައި އެއްވެސް އެއްޗެއް ލިޔެފިނަމަ އާންމުކޮށް އެބަހާއި ގުޅޭ ބަސްތައް އޮޓޯކޮށް އަރާތަން ފެނިގެންދާނެއެވެ. އެހެނަސް ޖެނުއަރީ މަހުގެ ކުރީކޮޅު ގޫގަލްއިން ‘އިސްލާމް އިޒް’ ޖެހުމުން އެއްވެސް ބަހެއް ސާޗް ނުކުރެވޭކަން އިންޓަނެޓްގެ ތަފާތު ބްލޮގްތަކުގައި ޖަހާފައިވެއެވެ. މިމައްސަލާގައި ދުނިޔޭގެ މީޑިއާއިންވެސް މިހަބަރު ވަނީ ފަތުރާފައެވެ.‘ގޫގަލްއިން އިސްލާމް ދީން ސާޗް’ ނުކުރެވުނު މައްސަލާގައި ގޫގަލްއިން ވަނީ މާލަސްތަކެއް ނުވެ އެފަދަ ކަމެއް ދިމާވިކަމަށާއި އެއީ ‘ބަގެއް’ ކަމަށް މީޑިއާއަށް ހާމަކޮށްފައެވެ. އިސްލާމް ޖެހުމުން ‘ގުޅޭ’ ސާޗްތައް ނުދެއްކުމުގެ ސަބަބުން  ގިނަ ބަޔެއްގެ ފާޑުކިޔުން ގޫގަލްއަށް އަމާޒުވެފައިވާއިރު ގޫގަލްއިން ބުނެފައިވަނީ ‘މިއީ އިދާރީ މައްސަލައެއްނޫންކަމަށާއި މިއީ ޓެކްނިކަލް މައްސަލައެއް،’ ކަމަށެވެ.‘އިސްލާމް’ މިބަސް ގޫގަލްގެ ސާޗް އިންޖީނުން ބަލައިނުގަތުމުގެ މައްސަލަ ހައްލުކުރުމަށް ގޫގަލްއަށްވަނީ 3 ހަފްތާގެ މުއްދަތެއް ނަގާފައެވެ.ގޫގަލް ސާޗް އަކީ ދުނިޔޭގެ އެންމެ ގިނަ މީހުން ބޭނުންކުރާ ސާޗް އިންޖީނުކަމަށްވީއިރު ގޫގަލްއިން ‘އިސްލާމް’ ދީނާއި ގުޅޭ ‘ސާޗް’ތައް ކުރުމުގައި މައްސަލަތައް ދިމާވާ ކަމީ ގިނަ ބަޔަކު ފާހަގަ ކުރަމުންދާކަމެކެވެ. ގޫގަލް ސާޗްގައި ހޯދަން ބޭނުންވާ ބަސް ޖެހުމާއި އެކު ގިނަ ފަހަރު އެބަހާއި ގުޅޭ ބަހެއްގެ ގޮތުގައި ދައްކަނީ ‘ކަމާއި ނުގުޅޭ’ ބަސްތަކެވެ. ގޫގަލްއިން އެފަދަ ބަސްތައް ފިލްޓާ ކުރަން މަސައްކަތްކުރާ ކަމަށްބުނާއިރު ގޫގަލް ސާޗްއިން ފެންނަމުންދަނީ ދިމާއިދިކޮޅަށެވެ. އެގޮތުން ‘އިސްލާމް އިޒް’ ޖެހުމާއި އެކު އެބަހާއި ގުޅޭ ބަސްތައް ކަމުގައި ދައްކަނީ ‘އިސްލާމް އިޒް ބުލްޝިޓް’، ‘އިސްލާމް އިޒް ފޯލްސް’، ‘އިސްލާމް އިޒް އިޒް ނޮޓްއަށް ރިލިޖަން’ އަދި ‘އިސްލާމް އިޒް ފޭކް’ ފަދަ ބަސްތަކެވެ. އެހެނަސް އެހެނިހެން ސާޗް އިންޖީންތަށްކަމުގައިވާ ބިންގް އަދި އެމްއެސްއެން އިން ގުޅޭ .ބަހެއްކަމުގައި ދައްކަނީ ‘އިސްލާމް އިޒް ދަ ލައިޓް’ އެވެ. އަދި ޔާހޫ އިން ‘އިސްލާމް އިޒް ދަ ވޭ އޮފް ލައިފް’ ކަމުގައެވެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ