އައްޑޫން ސަރުކާރަށް ނެގި ގޯތިތައް އޭގެ ވެރިފަރާތްތަކާ މިއަދު ހަވީރު ހަވާލުކުރާނެ ކަމަށް ހައުސިން މިނިސްޓްރީން ހާމަކޮށްފި އެވެ.
މި ގޯތިތަކަކީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި އައްޑޫސިޓީގެ ކޮންވެންޝަން ސެންޓަރު ސަރަހައްދުން ނެގި ގޯތިތަކެވެ. ހައުސިން މިނިސްޓަރު މުއިއްޒު ވިދާޅުވީ އައްޑޫ ރައްޔިތުންގެ އަތުން އެމްޑީޕީ ސަރުކާރުގައި ވަކިކުރި ގޯތިތައް އަނބުރާ ހަވާލުކުރަން ރައީސް ޔާމީން ނިންމަވާ މިއަދު ގޯތިތައް ހަވާލުކުރަން ފަށާނެ ކަމަށެވެ. އަދި އުންމީދަނީ ޖުލައި 26 ގެ ކުރިން އެ ގޯތިތައް އޭގެ ވެރިފަރާތްތަކާއި ހަވާލުކޮށް ނިންމުން ކަމަށް މިނިސްޓަރ ވިދާޅުވި އެވެ.
އައްޑޫ ސިޓީގެ ހިތަދޫގެ އެ ސަރަހައްދުން ދިރިއުޅުމަށް ދޫކޮށްފައިވާ ބައެއް ގޯތިތައް ބަދަލު ދޭ ގޮތަށް ސަރުކާރަށް ނެގީ، ކުރީގެ ރައީސް ނަޝީދުގެ ވެރިކަމުގައި 2011 ގައި ސާކް ސަމިޓް ބާއްވަން ކޮންވެންޝަން ސެންޓަރު އިމާރާތް ކުރުމަށެވެ. އޭރު އެ ބިންތައް ނަގައި، އެ ސަރަހައްދަކީ މީހުން ދިރިނޫޅޭ ފަޅު ރަށެއްގެ ގޮތުގައި ވެސް ސަރުކާރުން ކަނޑައެޅި އެވެ.
އެ ގޯތިތައް އަލުން ވެރިފަރާތްތަކާ ހަވާލުކުރާނެ ކަމަށް ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން އިއުލާން ކުރީ މި އަހަރުގެ ފެބްރުއަރީ މަހު، ޕީޕީއެމުން އައްޑޫގައި ބޭއްވި ސިޔާސީ ކެމްޕޭން ހަރަކާތެއްގަ އެވެ.
އައްޑޫން ސަރުކާރަށް ނެގި ގޯތިތައް މިއަދު ހަވީރު ހަވާލުކުރަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ