އިންޓަރ ސްކޫލް އެތްލެޓިކްސް މީޓް ރަސްމީކޮށް ފެށުން މިއަދު ހަވީރު

އިންޓަރ ސްކޫލް އެތްލެޓިކްސް މީޓްގެ 3000 މީޓަރު ދުވުމުން 15 އަހަރުން ދަށުގެ ފިރިހެން ކުދިންގެ ބައިން 1 ވަނަ ޏ.އަތޮޅު ތައުލީމީ މަރުކަޒުގެ އަހުމަދު އައިހަމް މޫސާ އަދި އަންހެން ކުދިންގެ ބައިން 1 ވަނަ ޝަރަފުއްދީން ސްކޫލްގެ އައިޝަތު ނާޝިޔާ ހޯދައިފިއެވެ.
13 އަހަރުން ދަށުގެ ލޯންގް ޖަމްޕުން އަންހެން ކުދިންގެ ބައިން 1 ވަނަ ހޯދީ ޖަމާލުއްދީން ސްކޫލްގެ މަރިޔަމް ރޫޔާ އަލީއެވެ.
15 އަހަރުން ދަށުގެ ޖަވެލިން ތްރޯ އިވެންޓްގެ އަންހެން ކުދިންގެ ބައިން 1 ވަނަ ހޯދީ ގެމަނަފުށި ސްކޫލްގެ އިމްޝާ އަބުދުއްލަތީފެވެ. މިއިވެންޓްގެ 17 އަހަރުން ދަށުގެ ފިރިހެން ކުދިންގެ ބައިން 1 ވަނަ ހޯދީ ޏ.އަތޮޅު ތައުލީމީ މަރުކަޒުގެ އަލީ ޒަޔާން އަހުމަދެވެ.
17 އަހަރުން ދަށުގެ އަންހެން ކުދިންގެ ބައިން ޝޮޓް ޕުޓްއިން 1 ވަނަ ހޯދީ ޏ.އަތޮޅު ތައުލީމީ މަރުކަޒުގެ އައިމިނަތު ޖިވާއެވެ. މި އުމުރުގެ އަންހެން ކުދިންގެ ބައިން ލޯންގް ޖަމްޕުން 1 ވަނަ ހޯދީ ގެމަނަފުށި ސްކޫލްގެ ހައްވާ ރާނިޔާއެވެ. މި އުމުރުގެ ހައި ޖަމްޕުން ފިރިހެން ކުދިންގެ ބައިން 1 ވަނަ ހޯދީ ގދ.އަތޮޅު ތައުލީމީ މަރުކަޒުގެ މުޙައްމަދު އައިހަމްއެވެ.
މާދަމާ ނިމޭ މައިލޯ އިންޓަރ ސްކޫލް އެތްލެޓިކްސް މީޓް ރަސްމީކޮށް ފެށުން އޮންނާނީ މިއަދު ހަވީރުއެވެ. ތަސްމިއްޔާތު ފަސްކުރަން ޖެހުނީ ވިއްސާރައިގެ ސަބަބުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ