މޯލްޑިވްސް އިސްލާމިކް ބޭންކުން "ފައިސާ މޮބައިލް" ގެ ނަމުގައި މޮބައިލް ބޭންކިންގ އެޕްލިކޭޝަނެއް ލޯންޗުކޮށްފިއެވެ.
އަންގާރަ ދުވަހުގެރޭ ހޮޓެލް ޖެންގައި ބޭއްވި ރަސްމިއްޔާތުގައި މި މޮބައިލް ބޭންކިންގ އެޕްލިކޭޝަން ލޯންޗުކޮށްދެއްވީ ރަސްމިއްޔާތުގެ ޝަރަފުވެރި މެހެމާން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ގަވަރުނަރު އަހުމަދު ނަސީރުއެވެ.
ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ގަވަނަރު ނަސީރު ވިދާޅުވީ، މި އެޕްލިކޭޝަންގެ ސަބަބުން ކަސްޓަމަރުންނަށް ލުއިފަސޭހަ ވެގެންދާނެ ކަމަށާއި، ނަގުދު ފައިސާ ބޭނުންކުރާ މިންވަރު މަދުވެގެންދާނެ ކަމަށެވެ. މޮބައިލް އެޕްލިކޭޝަން ބޭނުންކުރުމުން ނަގުދު ފައިސާ ބޭނުންކުރުމުގައި ދިމާވާ ދަތިތައްވެސް ހައްލުވެގެންދާނެ ކަމަށް ގަވަނަރު ވިދާޅުވިއެވެ.
މި މޮބައިލް އެޕްލިކޭޝަން މެދުވެރިކޮށް އެކައުންޓް ބެލެންސް ބެލުމާއި ޓްރާންސެކްޝަންގެ ހިސްޓްރީ ބެލުމާއި އެހެން ބޭންކްތަކުގެ އެކައުންޓުތަކަށާއި އެމްއައިބީގެ އެކައުންޓުތަކަށް ފައިސާ ފޮނުވުމުގެ އިތުރުން ފައިނޭންސިންގ ފެސިލިޓީސްތަކުގެ ތަފްސީލާއި ޗެކް ފޮތުގެ ތަފްސީލް ބަލާލެވޭނެއެވެ.
މޯލްޑިވްސް އިސްލާމިކް ބޭންކްގެ އެކްޓިންގް ސީއީއޯ އަހްމަދު ރިޒާ ވިދާޅުވީ ބޭންކްގެ އަމާޒަކީ ހުރިހާ ކަމެއްގައިވެސް ދިވެހި އުފެއްދުންތައް ކުރިއެރުވުން ކަމަށާއި ތައާރަފުކުރެވުނު މޮބައިލް އެޕްލިކޭޝަން ތައްޔާރުކޮށްފައިވަނީ ދިވެހިން ކަމަށެވެ.
މި އެޕްލިކޭޝަން ގޫގުލްގެ ޕްލޭ ސްޓޯރުންނާއި އެޕަލްގެ އެޕް ސްޓޯރުން ޑައުންލޯޑް ކުރެވޭނެއެވެ.
މޯލްޑިވްސް އިސްލާމިކް ބޭންކްގެ ހިދުމަތް ފައްޓާފައިވަނީ 2011 ވަނަ އަހަރުގެ މާރޗް މަހުގައެވެ.
ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.
އަންތަރީސް ވެއްޖެ
އުފާ ވެއްޖެ
ދެރަ ވެއްޖެ
ރުޅި ގަދަ ވެއްޖެ
މޮޔަވެއްޖެ
ދެން އަތްޖަހާ
މޯލްޑިވްސް އިސްލާމިކް ބޭންކުން 'ފައިސާ މޮބައިލް'ގެ ނަމުގައި މޮބައިލް ބޭންކިންގ އެޕްލިކޭޝަން ލޯންޗުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ