2018 ވަނަ އަހަރުގެ ބަޖެޓަކީ ޤާނޫނާއި ހިލާފަށް ފާސްކޮށްފައިވާ ބަޖެޓެއް ނަމަ ކުރީގެ ރައީސް މައުމޫނު އަބްދުލްޤައްޔޫމް މުސާރަ ނުނަންގަވާ ބޮޑުކެކުރި ފަރިއްކުޅުއްވައިގެން ހުންނެވުމަށް ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ މެންބަރު އިބްރާހިމްދީދީ އައިބީ ގޮވާލައްވައިފިއެވެ.
ޕީޕީއެމްގެ ރުމާލު 2 ޖަގަހާގައި ރޭ ވާހަކަ ދައްކަވަމުން އައިބީ ވިދާޅުވީ 2018 ވަނަ އަހަރުގެ ބަޖެޓް ފާސްކޮށްފައިވަނީ ޤާނޫނާއި ހިލާފަށް ނަމަ ރައީސް މައުމޫމަށް ލިބިވަޑައިގަންނަވާ އިނާޔަތްތައް ނުންނަގަވާ ހުންނަވަން ޖެހިވަޑައިގަންނަވާ ކަމުގައެވެ.
"2018ގެ ބަޖެޓަކީ ގާނޫނާއި ޚިލާފަށް ފާސްކޮށްފައިވާ ބަޖެޓެއް ނަމަ ރައީސް މައުމޫން މުސާރަ ނުނަންގަވާ. ކުރީގެ ރައީސަށް ލިބޭ ލާރި މައުމޫން ނުނަންގަވާ. ބޮޑުކެކުރި ކައިގެން ހުންނަވާ" އައިބީ ވިދާޅުވިއެވެ.
ރައްޔިތުން އެއަށް އަމަލުކުރަން ޖެހޭ އެއްވެސް އެއްޗެއް ރައްޔިތުންގެ މަޖިލީހުން ފާސްކުރެވޭނީ މަޖިލީހުގެ ޖުމްލަ މެމްބަރުންގެ އަޤްލަބިއްޔަތުންކަމަށް މަޖިލީހުގެ ޤަވާއިދުގައި ބުނެފައިވެއެވެ. އެއީ 42 ވޯޓެވެ. ނަމަވެސް 2018 ވަނަ އަހަރުގެ ބަޖެޓް ފާސްކުރުމަށް އެވަރަށް ވޯޓް ލިބިފައެއް ނުވެއެވެ.
އެހެންކަމުން 2018 ވަނަ އަހަރުގެ ބަޖެޓް ފާސްކޮށްފައިވަނީ ޤާނޫނާއި ހިލާފަށްކަމަށް އިދިކޮޅު ފަރާތްތަކުން ދަނީ ބުނަމުންނެވެ. އަދި 2018 ވަނަ އަހަރުގެ ބަޖެޓް ފާސްކޮށްފައިވަނީ ޤާނޫނާއި ހިލާފަށްކަމަށް ރައީސް މައުމޫނުވެސްވަނީ ވިދާޅުވެފައެވެ.
މައުމޫނު މުސާރަ ނުނަންގަވާ ބޮޑު ކެކުރި ކައިގެން ހުންނަވާ: އައިބީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ