ވެލާނާގޭ ސާވާރ ރޫމުން ކަރަންޓު ކެނޑި ހިދުމަތްތަކަށް ބުރޫ އަރައިފި

ސަރުކާރުގެ ގިނަ އޮފީސްތަކެއް ހިންގަމުންދާ ވެލާނާގެ ބިލްޑިންގައި ހުންނަ ސާވާ ރޫމުން ކަރަންޓް ކެނޑި ހިދުމަތްތައް މެދުކެނޑިއްޖެ އެވެ.
ކަރަންޓް ދިއުމާއި ގުޅިގެން އެ އިމާރާތުގައި ދެމުންގެންދާ ޕާސްޕޯޓް ހައްދައިދިނުމާއި އަދި އައިޑީ ކާޑު ހަދައިދިނުމުގެ ހިދުމަތް މިވަގުތު ވަނީ މެދުކެނޑިފަ އެވެ. ވެލާނާގޭގައި ހިންގާ އޮފީސްތަކުގެ ފޯންލައިންތަކާއި އިންޓަނެޓްގެ ހިދުމަތް ވެސް މިވަގުތު ވަނީ މެދުކެނޑިފަ އެވެ.
ބައެއް ފަންގިފިލާތަކުގައި ކަރަންޓު ހުރި ނަމަވެސް ސާވަރ ރޫމުން ކަރަންޓު ދިޔުމުން އެ އިމާރާތުގައި ހުރި އޮފީސްތަކުން ދެމުން ގެންދިޔަ ހިދްމަތްތައް ވަނީ މެދުކަނޑާލާފައެވެ.
އެތަނަށް ކަރަންޓުދެނީ ހައުސިންގް މިނިސްޓްރީން ކަމަށް އެތަނުގެ މުވައްޒަފަކު ބުންޏެވެ. އަދި މިކަން ހައްލުވާނެ ވަކި އިރެއް ނޭނގޭ ކަމަށް ވެސް އެ މުވައްޒަފު ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ