ތުޅާދޫ ދާއިރާގެ މެމްބަރު ނާޒިމް ރަޝާދު ޕީޕީއެމާ ގުޅިވަޑައިގެންފި


އެމްޑީޕީގެ ޓިކެޓުގައި ތުޅާދޫ ދާއިރާގެ ގޮނޑި ކާމިޔާބު ކުރެއްވި ނާޒިމް ރަޝާދު ސަރުކާރު ހިންގާ ޕާޓީ ޕީޕީއެމާ ގުޅިވަޑައިގެންފިއެވެ.
 
ނާޒިމް ރަޝާދު ޕީޕީއެމާ ގުޅިވަޑައިގަތުމުން އެ ޕާޓީގެ ޕާލަމެންޓްރީ ގްރޫޕުގެ މެމްބަރުންގެ އަދަދު ވަނީ ސާޅީސް ދޭކަށް އަރާފައެވެ. މަޖިލީހުގެ ސާފު އަޣްލަބިއްޔަތަކީ ސާޅީސް ތިން މެމްބަރުންނެވެ. ނަމަވެސް ސަރުކާރު ކޯލިޝަންގައި ހިމެނޭ އެމްޑީއޭގެ ޕާލަމެންޓްރީ ގްރޫޕުގެ ފަސް މެމްބަރުންނާއެކު ސަރުކާރުގެ މެމްބަރުންގެ އަދަދު ސާޅިސް ހަތަކަށް އަރައެވެ.
 
 
ނާޒިމް ރަޝާދު އެމްޑީޕީން ވަކިވުމުން އެޕާޓީގެ މެންބަރުންގެ އަދަދަކީ ތޭވީހެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ