އއ. އުކުޅަހުގެ އިންޖީނުގޭގައި އަލިފާން ރޯވުމުގެ ސަބަބުން އެ ރަށަށް ކަރަންޓު ދިނުމުގައި ދިމާވި މައްސަލަތައް ހައްލުކޮށް މުޅި ރަށަށް މިރޭ ކަރަންޓު ދީފި އެވެ.
އެ ރަށުގެ އިންޖީނުގޭގައި މިއަދު ހެނދުނު ރޯވެ މުޅި ރަށުން ވަނީ ކަރަންޓު ކެނޑިފަ އެވެ. އެކަމަކު އިންޖީނުގޭގެ އިމާރާތަށް މާ ބޮޑު ގެއްލުމެއް ނުލިބެނީސް ގަޑިއެއްހާއިރު ތެރޭގައި އަލިފާންގަނޑު ވަނީ ނިއްވާލައިފަ އެވެ.
އުކުޅަހު ކައުންސިލްގެ ރައީސް ޝައުކަތު އިބްރާހިމް ވިދާޅުވީ އަލިފާނުގެ ހާދިސާގައި ގެއްލުން ލިބިފައި ހުރީ މެއިން ކޭބަލްތަކަށް ކަމަށެވެ. އެހެންވެ އެ ކޭބަލްތަކުގެ މައްސަލަ ހައްލުކޮށް މިރޭ 7:15 ހާއިރު މުޅި ރަށަށް ކަރަންޓު ދީފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
ލޯކަލް ޓޫރިޒަމް ފުޅާވަމުން އަންނަ އުކުޅަހަށް ކަރަންޓުގެ ހިދުމަތް ދެމުން އަންނަނީ ސްޓެލްކޯއިންނެވެ. އެ ރަށު ކައުންސިލުން ބުނި ގޮތުގައި އެ އިންޖީނު ގޭގައި ބޭނުން ކުރަމުން އައި އެންމެ ބޮޑު ޖަނަރޭޓަރު ވަނީ މިއަދުގެ އަލިފާނުގެ ހާދިސާގައި އެއްކޮށް ހަލާކުވެފަ އެވެ. ނަމަވެސް ބާކީ ހުރި ދެ ޖަނަރޭޓަރަށް މާ ބޮޑު ގެއްލުމެއް ނުވާ ކަމަށް ކައުންސިލުން ބުންޏެވެ.
އެ ރަށަށް މިރޭ ކަރަންޓު ދީފައިވަނީ އެ ދެ ޖަނަރޭޓަރުންނެވެ.
Ukulhahu engine geyga alifaan roave current kedijje
Mihaaru
"އަލިފާން ރޯވުމުން މެއިން ކޭބަލްތައް ހުރީ އަނދާފައި. އެހެންވެ އެ ކޭބަލްތައް ބަދަލުކުރުމުގެ މަސައްކަތް ކުރުމަށް ވަގުތުތައް ހޭދަވީ. އެ ކަންތައް ނިންމާލާފައި މިރޭ ކަރަންޓު ދިނީ. މިއީ ދާއިމީ ކަރަންޓެއް ކަމަށް ސްޓެލްކޯގެ ބޭފުޅުން ވިދާޅުވި،" އާބާދީގައި 1025 މީހުން ދިރިއުޅެމުން އަންނަ ކައުންސިލްގެ ރައީސް ވިދާޅުވި އެވެ
އުކުޅަހަށް ކަރަންޓު ދީފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ