މި މަރިޗު މަހުގެ 16 ވަނަ ދުވެހު، ޖުމްހޫރީ ޕާޓީން އިސްނަގައިގެން އިދިކޮޅު ކޯލިޝަނުން، ބާއްވާ ބޮޑު މުޒާހަރާގެ ބައިވެރިންނަށް ޚަރަދުކުރާނެ ފައިސާ އެބަހުރިކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.
މިމަހު 16 ވަނަ ދުވަހު މާލޭގައި ބޮޑު މުޒާހަރާއެއް ބެއްވުމަށް ނިންމައި އެކަން އިއުލާން ކުރަމުން ރޭ، އޭނާގެ އަމއްލަ ޓީވީ ޗެނެލް، ވީޓީވީގައި ފޯނުން ވަހަކަ ދައްކަވަމުން ޤާސިމް ވިދާޅުވީ، މި މަހުގެ 16 ވަނަ ދުވަހު އާދެވުނު ގޮތަކަށް އަތޮޅު ތެރެއިން މުޒާހަރާގައި ބައިވެރިވުމަށް އައުމަށް ގޮވާލާ ކަމަށާއި، އަދި ޚަރަދަށް އެއްގޮތަކަށްވެސް ވިސްނަން ނުޖެހޭނެ ކަމަށެވެ.
މާމިގިލީ ދާއިރާގެ މެމްބަރުކަން ވެސް ކޮށްފައިވާ ގާސިމް މިހެން ވިދާޅުވުމުން ޤާސިމް އަތުގައި ފައިސާ ހުރިކަން އެނގިގެން ދެއެވެ. އެހެންނަމަވެސް ޤާސިމްގެ ވީޓީވީން އަބުރައް އަރައިގަނެގެން ބްރޯޑްކޮމްއިން ޖޫރިމަނާކުރުމުން، އެފައިސާ ހޯދުމަށް އެޓީވީ މެދުވެރިކޮށް އާންމުންނަށް ހުޅުވާލީ ފަންޑު ފޮއްޓެކެވެ. ޤާސިމް އަތުގައި ފައިސާ ހުރެމެ ރައްޔިތުން އަތުން ފައިސާ ހޯދަނީ ކީއްވެތޯ ސުވާލު އުފެދެއެވެ.
ޤާސިމް އިބްރާހިމް ސަރުކާރާ ދެކޮޅަށް އެކި ނަންނަމުގައި މުޒާހަރާތައް ރާވަމުން ދާއިރު، އޭނާ އަކީ ރިޝަވަތު ދިން ކަމުގެ ކުށް ސާބިތުވެ ޖަލު ޙުކުމެއް ތަންފީޒުކުރަމުންދާ މީހެކެވެ.
ބޮޑު މުޒާހަރާގެ ބައިވެރިންނަށް ޚަރަދު ކުރަން ފައިސާ އެބަހުރި – ޤާސިމް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ