ޔޫތު ޗެލެންޖް 2018 މިރޭ ފަށަނީ

މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސް އިން އިސްނަގައިގެން ކުރިޔަށްގެންދިއުމަށް ހަމަޖެހިފައިވާ ޔޫތު ޗެލެންޖް 2018 މިރޭ ފެށާނެއެވެ.
މިރެއިން ފެށިގެން 3 ދުވަހުގެ މުއްދަތަކަށް ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައިވާ ޔޫތު ޖެލެންޖް ކުރިޔަށް ދާނީ ކޮންމެ ދުވަހެއްގެވެސް ހަވީރު ހަތަރަކުން ރޭގަނޑު 11:00 އަށް ކަމަށް ޔޫތު މިނިސްޓްރީން މައުލޫމާތުދެއެވެ.
ޔޫތު މިނިސްޓްރީން ހާމަކުރާ ގޮތުގައި މި ޗެލެންޖްގެ އެންމެ ބޮޑު މަގުސަދަކީ ޒުވާނުންނަށް ހުރި ވަޒީފާއާއި ތައުލީމާއި ތަމްރީނުގެ ފުރުސަތުތަކާއި، ވިޔަފާރިކުރަމުން ގެންދާ ޒުވާނުންގެ ވިޔަފާރިތައް އަދި ވިޔަފާރީގެ ބާޒާރަށް ތައާރަފްކުރަން ބޭނުންވާ އާ އުފެއްދުންތައް ޕްރޮމޯޓު ކޮށްދިނުން ކަމުގައެވެ.
2016 ވަނަ އަހަރުވެސް މިފަދަ ކާމިޔާބު ޗެލެންޖެއް ޔޫތު މިނިސްޓްރީން ކުރިޔަށް ގެންގޮސްފައިވާއިރު، މިފަހަރުގެ ޔޫތު ޗެލެންޖުގައިވެސް ފަންނުވެރިންގެ ހުނަރުތައް ދައްކާލުމުގެ އިތުރުން ޒުވާނުންގެ ތަފާތު ހުނަރުތަކުން އާމްދަނީ ހޯދުމާ ގުޅޭ ލަފާ ހޯދުމުގެ ފުރުސަތުތަކެއްވެސް ފަހިވެގެންދާނެ ކަމަށް ޔޫތު މިނިސްޓްރީން ހާމަކުރެއެވެ.
ކުރީ އަހަރެކޭ އެއްފަދައިން މިއަހަރުވެސް ދިވެހި ފަންނާނުންނާއި، މިނިވަން މުއައްސަސާތަށް، ސަރުކާރުގެ ބައެއް ވުޒާރާތަކާއި، ތައުލީމީ އެކިއެކި ފަރާތްތަކުގެ އިތުރުން ފަތުރުވެރިކަމުގެ ދާއިރާއިން ފާހަގަކޮށްލެވޭ ބައެއް ރިސޯޓްތަކާއި ޑައިވް ސްކޫލްތައްވެސް މި ޗެލެންޖް ގައި ބައިވެރިވެފައިވާކަން ފާހަގަކޮށްލެވެއެވެ.
އެގޮތުން ޔޫތު ޗެލެންޖް 2018 ރަސްމީކޮށް ފެށުމަށް ހަމަޖެހިފައިވަނީ މިރޭ 8:45 ގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ