މެމްބަރު ސައުދުﷲ ޕީޕީއެމް އިން ވަކިވެއްޖެ

ގދ. ތިނަދޫ އުތުރު ދާއިރާގެ މެމްބަރު ސައުދުﷲ ހިލްމީ ޕީޕީއެމް އިން ވަކިވެވަޑައިގެންފިއެވެ.
ސައުދުﷲ ޕީޕީއެމް އިން ވަކިވެވަޑައިގަތްކަން ހަމަކުރައްވާ ޕާޓީގެ ސެކްރެޓަރީ ޖެނެރަލް އަބްދުﷲ ޚަލީލަށް ފޮނުއްވި ސިޓީއެއްގައި ވިދާޅުވީ މިވަގުތު ސިޔާސީ މަސްރަހު އޮތް ގޮތުން އެއްވެސް ސިޔާސީ ޕާޓީއެއްގައި ހުންނެވުމަށް ފެނިވަޑައިނުގަންނަވާތީީ އާއި، ދާއިރާގެ ގިނަ ބަޔަކު ވެސް އެގޮތަށް އެދޭތީ، ޕީޕީއެމުން ވަކިވުމަށް ނިންމަވާކަމަށެވެ.
ސައުދުﷲ ޕާޓީން އިން ވަކިވެވަޑައިގެންފައި މިވަނީ، ޕީޕީއެމްގެ އެހެން ބައެއް މެމްބަރުންވެސް އެ ޕާޓީން ވަކިވެވަޑައިގަންނަވަމުންދާ ދަޑިވަޅެއްގައެވެ.
އަދި ސުޕްރީމް ކޯޓުން ދުސްތޫރީ މައްސަލައެއްގެ ޝަރީޢަތް މިއަދު ބާއްވާއިރު ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު ޕާޓީ ބަދަލުކުރައްވައިފިނަމަ މެންބަރުކަން ގެއްލޭ ގޮތައް ނިންމައިދިނުން އެދި އެޓާނީ ޖެނެރަލް ސުޕްރީމް ކޯޓަށް މައްސަލައެއް ހުށަހަޅާފައިވާ ކަމަށް އިދިކޮޅު ފަރާތްތަކުން ދަނީ ބުނަމުންނެވެ.
-އިތުރި ތަފްސީލު އަންނަނީ-
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ