10/11/12 ގައި ކައިވެނިކޮށްދޭ ގޮތަށް ފެމިލީ ކޯޓުން ހަމަޖައްސައިފި

މިއަހަރު ތެރޭގައި އަންނަ ރީތި އެއް ތާރީހު ކަމަށްވާ  12-11-10 ނުވަތަ އަންނަ މަހުގެ 10 ވާ ހޮނިހިރު ދުވަހު ކައިވެނިކޮށްދޭ ގޮތަށް ފެމިލީ ކޯޓުން ހަމަޖައްސައިފި އެވެ.
ފެމިލީ ކޯޓުގެ ނެރެފައިވާ އިޢުލާނެއްގައި ބުނެފައިވަނީ އެތާރީހުގައި ކައިވެނިކުރަން ބޭނުންވާ މީހުން ތިބި ނަމަވެސް ކުރިން ހަމަޖެހިފައި އޮތް އުސޫލުން އެ ދުވަހު އޮތީ ފެމިލީ ކޯޓުން ކައިވެނި ނުކޮށްދޭ ގޮތަށް ކަމަށެވެ.
ނަމަވެސް ނަމަވެސް 12-11-10 ގައި ވެސް މިހާރު ކައިވެނިކޮށްދޭ ގޮތަށް ހަމަޖެހިފައިވާ ކަމަށާއި އެ ދުވަހު ކައިވެނިކޮށްދޭ ގޮތަށް ހަމަޖެއްސީ ރީތި ތާރީހުތަކުގައި ރާއްޖޭގައިވެސް ގިނަ ކައިވެނިތަކެއް ކުރަމުން އަންނާތީ އެކަމަށް ފުރުސަތު ދިނުމަށް ކަމަށް ކޯޓުގެ އޮފިޝަލަކު ވިދާޅުވި އެވެ.
މި އަހަރު އަންނަ ރީތި ތާރީހެއް ކަމަށްވާ ޑިސެމްބަރު 12 ނުވަތަ 12- 12- 12 ގައި ކައިވެނިކުރުމަށް ވެސް ވަރަށް ގިނަ ފަރާތްތަކުން މިހާރުވެސް ހުށަހަޅަމުން ގެންދާ ކަމަށް ފެމިލީ ކޯޓުން ބުނެ އެވެ.
ފެމިލީ ކޯޓުން އިތުރަށް ބުނީ  ކޯޓުން ބުނީ އެ ދުވަހު ކައިވެނިކުރަން ބޭނުންވާ ފަރާތްތަކުން ވީހާވެސް އަވަހަކަށް ކޯޓަށް ފޯމު ހުށަހަޅަން އެދޭ ކަމަށާއި   އެ ދުވަހު ކައިވެނިކުރަން ބޭނުންވާ ފަރާތްތަކުން ވީހާވެސް އަވަހަކަށް ކޯޓަށް ފޯމު ހުށަހަޅަން އެދޭ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ