މާލޭގައި މިހާރު އިޢުލާނުކޮށްފައިވާ 24 ގަޑިއިރުގެ ފުރަބަންދާ ގުޅިގެން ހަވީރު 3.30ގެ ކުރިން އެންމެން ގެއަށް ވަނުމަށް ފުލުހުން އެދިވަޑައިގެންފިއެވެ. މާލެއިން ފުރަތަމަ ފަހަރަށް ކޮވިޑް-19 ޖެހުނު މީހަކު ފެނުމާ ގުޅިގެން މުޅި މާލެ ފުރަބަންދަކަށް ގެންދިއުމަށް ސަރުކާރުން ނިންމައިފައިވެއެވެ. އެކަމާ ގުޅިގެން ފުލުހުން މިއަދު ކުރި ޓުވީޓުގައި ބުނެފައިވަނީ އެޗްޕީއޭއިން މާލެ ފުރަބަންދުކުރުމަށް ނިންމުމާ ގުޅިގެން މިހާރު ގެއިން ބޭރުގައި ތިބި ފަރާތްތައް ހަވީރު 3.30ގެ ކުރިން ގެއަށް ވަނުމަށް އެދޭ ކަމުގައެވެ. އަދި އޭގެ އިތުރަށް މާލޭ ސަރަހައްދުގައި ކޮވިޑް-19 ގަދައަށް ފެތުރުނަނުދިނުމަށް ހުރިހާ ފަރާތްތަކެއްގެ އެއްބާރުލުން ބޭނުންވާ ކަމަށްވެސް ފުލުހުން ބުނެފައިވެއެވެ. މިހާތަނަށް ދިވެހިރާއްޖޭގައި ކޮވިޑް-19 ބައްޔަށް ޕޮޒިޓިވްވެފައިވަނީ 21 މީހުންނެވެ. އޭގެ ތެރެއިން 6 މީހުންނަކީ ދިވެހިންނެވެ. ނަމަވެސް އެޗްޕީއޭއިން މިއަދު ބައްޔަށް ޕޮޒިޓިވްވިކަން އިޢުލާނުުރި ފަރާތް ފިޔަވައި މިހާތަނަށް ބައްޔަށް ޕޮޒިޓިވްވި ހުރިހާ ދިވެހިންނަކީ ރާއްޖެއިން ބޭރުން ރާއްޖެ އައި ފަރާތްތަކެވެ.
މިލިޔުން ކިޔާލުމުން
0 %
އުފާވި
0 %
ދެރަވި
0 %
ރުޅިއައި
0 %
މައުލޫމާތު މުއްސަނދިވި
ކިޔުންތެރިންގެ ހިޔާލު
ފޮނުވާ
ހަވީރު 3.30ގެ ކުރިން އެންމެ ގެއަށް ވަނުމަށް ފުލުހުން އެދިއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ