ކުރިއަށް އޮތް ހަފްތާ ބަންދު ތެރޭގައި ރާއްޖޭގެ ސަރަހައްދުގައި ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް މެޓް އޮފީހުން ބުނެފިއެވެ.
މެޓް އޮފީހުން ބުނީ ސްރީލަންކާގެ ޓްރިންކޮމަލީގެ އިރުދެކުނުން ގާތްގަނޑަކަށް 500 ކިލޯމީޓަރުދުރުގައި އުފެދިފައިވާ ކޮޅިގަނޑު އިތުރަށް ބާރުގަދަވެ، މާދަމާ ހަވީރުގެ ވަގުތެއްގައި ތޫފާނަކަށް ބަދަލުވާނެކަމަށް ލަފާކުރެވޭ ކަމަށެވެ.
މިތޫފާން ހުޅަނގަށް ދަތުރުކޮށް 3 ޑިސެންބަރު ވާ ބުރާސްފަތި ދުވަހު ސްރީލަންކާ ހުރަސްކޮށް، ދެކުނު އިންޑިއާގެ އައްސޭރިފަށާ ކައިރި ވާނެކަމަށް ލަފާކުރެވޭކަން ފާހަގަކޮށް މެޓް އޮފީހުން ބުނީ މިކޮޅިގަނޑު އުފެދި އަންނަމުންދާ ބަދަލުތަކާއި މި ކޮޅިގަނޑުގެ ސަބަބުން ރާއްޖެއަށް ކުރާނެ އަސަރު އެ އޮފީހުން ބަލަމުން ގެންދާނެ ކަމަށެވެ.
މީގެ އިތުރުން ރާއްޖޭގެ އިރުދެކުނުން، ދެކުނު އިންޑިއާ ކަނޑުގައި ވެސް ކޮޅިގަނޑެއް އުފެދިފައިވާ ކަމަށާއި މި ކޮޅިގަނޑުގެ އަސަރު ރާއްޖެއަށް ކުރާނެ ކަމަށް ލަފާކުރެވޭކަމަށް މެޓް އޮފީހުން ވަނީ ބުނެފައެވެ.
އެގޮތުން ބުރާސްފަތި ދުވަހުން ފެށިގެން ހަފްތާ ބަންދު ތެރެއާއިއެކު ރާއްޖޭގެ ސަރަހައްދުގައި ވައިގަދަވެ، ކަނޑުތައް ގަދަވެގެން ދާނެކަމަށް ބެލެވޭ ކަމަށް މެޓް އޮފީހުން ބުނެއެވެ.
ރާއްޖެ ސަރަޙައްދުގައި ކޮޅިގަނޑެއް، ހަފްތާ ބަންދުގައި މޫސުން ގޯސްވާނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ