ވިލިމާލެއިން ކަރަންޓް ކެނޑޭ މައްސަލައެއް ދިމާވެއްޖެ
        އިންޖީނަށް ދިމާވި މައްސަލައަކާ ގުޅިގެން މިއަދު ހެނދުނުން ފެށިގެން ވިލިމާލެ އިން ދޭތެރެ ދޭތެރެ އިން ކަރަންޓް ކެނޑެން ފަށައިފި އެވެ.  އެ އަވަށުން އެންމެ ފުރަތަމަ ކަރަންޓް ކެނޑިފައި ވަނީ މިއަދު ހެނދުނު 8:45 އެހާކަންހާއިރު އެވެ.  ވިލިމާލެއިން ކަރަންޓް ކެނޑުނީ އެ އަވަށަށް ކަރަންޓް ދޫކުރާ އިންޖީނުގެ ޑައިނެމޯ އަށް ދިމާވި މައްސަލައަކާ ގުޅިގެން ކަމަށް ވިލިމާލެ އިންޖީނު ގެއިން ބުނެ އެވެ.  އެ މައްސަލަ މިހާރު ހައްލު ކުރުމުގެ މަސައްކަތް ކުރަމުން އަންނަ އިރު، މިހާރު ވިލިމާލޭގެ ބޮޑު ބަޔަކަށް ކަރަންޓް ދޫކޮށްފައިވާ ކަމަށް ވެސް އިންޖީނުގެއިން ބުންޏެވެ.  އަދި އިންޖީނަށް ދިމާވި މައްސަލަ ހައްލުކޮށް މުޅި ވިލިމާލެ އަށް ކުރިއަށް އޮތް ދެ ގަޑިއެއްހާ ތެރޭ ކަރަންޓް ފޯރުކޮށް ދެވޭނެ ކަމަށް ވެސް ވިލިމާލެ އިންޖީނު ގެއިން ބުނެ އެވެ.
    
    
    
                
            އަރުޝީފަށް ނެގީ
            
        
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ
 
                 
             
             
                     
             
            