އިންޑިއާ އަކީ އަހަރުމެންނަށް ފުރަތަމަ އެހީތެރިވާ އަދި ބަރޯސާވެވޭނެ އެކުވެރިއެއް: ނަޝީދު

އިންޑިއާ އަކީ ދިވެހިރާއްޖެއަށް އެންމެ ފުރަތަމަވެސް އެހީވާ ޤައުމު ކަމަށާއި އެއީ ބަރޯސާވެވޭނެ އެކުވެރިއެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
މިއަދު ކުރެއްވި ޓުވީޓެއްގައި ރައީސް ނަޝީދު ވިދާޅުވީ މިއަދު އެއާ އިންޑިއާގެ މަތިންދާބޯޓެއްގައި އެސްޓްރާޒެންކާގެ ކޮވިޑު-19 ވެކްސިންގެ 1 ލައްކަ ޑޯޒު ރާއްޖެއަށް ގެންނާނެކަމަށެވެ. އަދި މިއީ އިންޑިއާ އިންދޭ ހަދިޔާއެއް ކަމަށާއި، މިއީ މި ނުރައްކާތެރި ވައިރަސްގެ ނިމުމުގެ ފެށުންކަމަށް ނަޝީދު ވިދާޅުވިއެވެ.
މީގެ އިތުރުން ނަޝީދު ވިދާޅުވީ 1988 ވަނަ އަހަރުގެ އުދުވާނީ ހަމަލާއާއި، މާލެއަށް ދިމާވި ފެނުގެ ކާރިސާގައިވެސް އެންމެ ފުރަތަމަ އެހީތެރިވީ އިންޑިއާއިން ކަމަށެވެ.
އިންޑިއާ އިން ގެންނަ ވެކްސިން އަކީ ހަދިޔާއެއް ކަމަށް ނަޝީދު ވިދާޅުވިނަމަވެސް، އެ ވެކްސިންއަށް ގެންނަން ދިވެހި ދައުލަތުން ހަރަދުނުކުރާކަން އަދި ޔަގީންވެފައިނުވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ