މިހާރު މަޖިލީހުގެ އިދާރާގައި ދާއިރާގެ ރައްޔިތުންނާ ބައްދަލު ކުރެވޭނެ

ރައްޔިތުންގެ މަޖިލީހުގެ މެންބަރުން އެ މެންބަރެއްގެ ދާއިރާ ރައްޔިތުންނާ މަޖިލީހުގެ އިދާރާގައި ބައްދަލު ކުރެވޭނެ އިންތިޒާމު ހަމަޖައްސައިފި އެވެ.
މިއަދު މަޖިލީހުގެ އިދާރާގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އަމީންއާންމު ފާތިމަތު ނިއުޝާ ވިދާޅުވި ގޮތުގައި މަޖިލީހުގެ މެންބަރަކު އެ މެންބަރެއްގެ ދާއިރާގެ ރައްޔިތުންނާ ބައްދަލު ކުރަން ބޭނުންވުމުން، އެ މެންބަރެއްގެ މެމްބާ ސާވިސް ސެކްޝަންގައި އެދުމުން އެ ސެކްޝަނުން ކުރިއަށް އޮތް ތަނުގައި އެ ކަންކަން ހަމަޖައްސައިދޭނެއެވެ.
“މަޖިލީހުގެ އިދާރާގައި ދާއިރާ ރައްޔިތުންނާ ބައްދަލު ކުރެވޭނެ އިންތިޒާމު ހަމަޖެއްސީ މެންބަރުންނާއި ރައްޔިތުންނާ އޮންނަން ޖެހޭ ގުޅުން ވަރުގަދަ ކުރުމުގެ ގޮތުން މަޖިލީހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން،” ނިއުޝާ ވިދާޅުވި އެވެ.
މަޖިލީހަށް އިންތިހާބުވާ ފަހުން ދާއިރާގެ ރައްޔިތުންނާއި މެންބަރުން ބައްދަލު ނުކުރާ ކަމުގެ ޝަކުވާ އަކީ އަބަދުވެސް އެދާއިރާގެ ރައްޔިތުންގެ އެންމެ ބޮޑު ޝަކުވާ އެވެ. އެހެންނަމަވެސް މިހާރު މި ހަމަޖެހުނު އުސޫލުގެ ތެރެއިން ދާއިރާގެ ރައްޔިތުންނާ އެ ދާއިރާއެއްގެ މެންބަރު ބައްދަލު ކުރަން ބޭނުންވެއްޖެ ހިނދެއްގައި ރަނގަޅު މާހައުލެއްގައި ބައްދަލު ކުރެވޭނެ މަގު ފަހިވެގެން ދިޔައީއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ