މޫސާ އަލީ ޖަލީލް ވަކިކުރީ ކޮމިޝަނުން ލަފާދީގެނެއް ނޫން – އުމަރު

ރާއްޖޭގެ ކުރީގެ މިނިސްޓަރ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީ، އެ މަގާމުން ވަކި ކުރެއްވީ ރައީސްގެ އިޙްތިޔާރުގެ ދަށުން ކަމަށާއި އެއީ ންކުއަރީ ކޮމިޝަނުން ލަފާދީގެން ރައީސް އެޅުއްވި ފިޔަވަޅެއް ނޫންކަމަށް ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.
މިނިސްޓަރ މިހެން ވިދާޅުވީ އިންކުއަރީ ކޮމިޝަނުން ކުރިއަށްގެންދާ ތަހްގީގާއި ގުޅޭގޮތުން ނޫސްވެރިންނަށް މައުލޫމާތުދިނުމަށް މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިޔަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.
ހޯމް މިނިސްޓަރ އުމަރު ނަސީރު މި މޭރުމުން ވާހަކަ ދައްކަވާފައި މިވަނީ، މިދިޔަ މަހުގެ 28 ވަނަ ދުވަހު، ފިނިފެންމާ ލޯންޗުގައި އެއްޗެއް ގޮވި ހާދިސާ ހިނގި ފަހުން ފުލުހުން ހިންގާ އޮޕަރޭޝަންތަކުގެ އިތުރުން ސަރުކާރުގެ އަމަލުތަކާއި ބޮމުގެ ހަމަލާ އާއި ގުޅުން އޮތް ކަންކަމަށް ގިނަބަޔަކު ތުހުމަތު ކުރަމުންދާ ދަނޑިވަޅެއްގައެވެ.
މޫސާ އަލީ ޖަލީލު މި މަހުގެ 14 ވަނަ ދުވަހު ޑިފެންސް މިނިސްޓަރ ކަމުން ވަކި ކުރައްވާފައިވާއިރު އެމަނިކުފާނު މަޤާމަށް އައްޔަނު ކުރެވުނީ 2015 ޖަނަވަރީ 20 ވަނަ ދުވަހުއެވެ.
ކުރީގެ ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދުގެ ސަރުކާރުގައި، ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ހައްޔަރުކުރި މައްސަލައިގައި، އޭރު ޗީފް އޮފް ސްޓާފްގެ މަޤާމުގައި ހުންނެވި މޫސާ އަލީ ޖަލީލުގެ މައްޗަށް ދައުލަތުން ވަނީ ޓެރަރިޒަމްގެ ދަޢުވާ ވެސް އުފުލައިފައެވެ. ނަމަވެސް އެމައްސަލަ ކްރިމިނަލް ކޯޓުން ހިންގުމަށްފަހު، އޭނާގެ މައްޗަށް ދަޢުވާ ސާބިތު ނުވާކަމަށް ވަނީ ނިންމައިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ